twitterviber whatsapp telegramfacebookyoutube instagram
9th July 2025

ހަނިމާދޫ – ޓްރިވެންޑްރަމް ސެކްޓަރގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބޭ: މޯލްޑިވިއަން

May 22, 2013

ހަނިމާދޫ އާއި ޓްރިވެންޑްރަމް ދޭތެރޭ ކުރެވޭ ދަތުރު ތަކަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ގައުމީ އެއާލައިން މޯލްޑިވިއަންގެ މާކެޓިންގ ޑިޕާޓްމަންޓްގެ އޮފިޝަލެއް ވިދާޅުވީ ހަނިމާދޫ ޓްރިވެންޑްރަމް ދަތުރުތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިގޮތުން ދަތުރުތައް ފެށިފަހުން ޓްރިވެންޑްރަމްއަށް ދަތުރު ކުރައްވާ ދިވެހިންގެ ތެރެއިން 54 އިންސައްތަ ފަސެންޖަރުން ދަތުރު ކޮށްފައިވަނީ ހަނިމާދޫ މަގުން ކަމަށެވެ.

ހަނިމާދޫ އެއަރޕޯޓު އިންޓަނޭޝަނަލް ކޮށް މިއަހަރުގެ ފެބުރުއަރީ 3 ވަނަ ދުވަހު ފަތިހުގެ ފުރަތަމަ ފުލައިޓާއެކު ދަތުރުތައް ފެށި މޯލްޑިވިއަން އިން ހަނިމާދޫ އާއި ޓްރިވެންޑްރަމް އާ ދެމެދު ދަތުރުކުރަނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ވިލޭ ރެއަކު އެވެ. ޓްރިވެންޑްރަމްއަށް ހަނިމާދޫ މަގުން ކުރި ފުރަތަމަ ދަތުރުގައި ފްލައިޓް ދަތުރުކޮށްފައިވަނީ %90 ކެޕޭސިޓީގަ އެވެ. ހަނިމާދޫ ޓްރިވެންޑުރަމްގެ ޓިކެޓެއްގެ އަގަކީ 199 ޑޮލަރެވެ.

ހަނިމާދޫ މަގުން ޓްރިވެންޑްރަމް އަށް ދަތުރުތައް ފެށިފަހުން އުތުރުގެ ރަށްތަކުގެ މީހުން ބޭސްފަރުވާގެ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ޓްރިވެންޑްރަމްއަށް ދަތުރުކުރުން ވަނީ އިތުރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355