ވިހި ސިކުންތުން ފޯނު ޗާޖު ކޮށްލެވޭ ޑިވައިސް އެއް އުމުރުން 18 އަހަރުގެ ކުއްޖަކު އުފައްދައިފި އެވެ.
ކެލިފޯނިއާއަށް އުފަން އުމުރުން އެންމެ 18 އަހަރުގެ އީޝާ ކައިރް އުފެއްދި މި ސުޕަރ ކެޕޭސިޓަރ އިންޓެލް އިންޓަނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިން ފެއަރގައި ވަނީ ބައިވެރިކޮށްފައެވެ. އަދި “އެންމެ ޒުވާން ސައިންޓިސްޓް” ގެ އެވޯޑާއެކު އިނާމެއްގެ ގޮތުގައި 50،000 ޑޮލަރު އޭނާއަށް ވަނީ ލިބިފައެވެ.
މި ޑިވައިސް ތައްޔާރު ކުރުމުގެ ބާރަކަށްވީ އަބަދު އީޝާގެ ފޯންގެ ބެޓެރި ޗާޖު ގޮސްފައި އޮތުން ކަމަށް އެންބީސީއާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ. އަދި މިހާތަނަށް ލެޑް ލައިޓެއް ދިއްލުމަށް އެ ޑިވައިސް ބޭނުން ކުރިކަމުގައި ވީނަމަވެސް ސުޕަރ ކެޕޭސްޓަރު އިތުރަށް ތަރައްގީކޮށް ކާރުފަދަ ތަކެތީގެ ބެޓެރީގެ ބަދަލުގައި ބޭނުންކުރެވޭނެކަމަށް އޭނާ ދެކެއެވެ.
އެންމެ އިންޗި އެއްވަރުގެ ކުޑަ ޗިޕްއެއްފަދަ މި ސުޕަރ ކެޕޭސްޓަރުން 10000 ބެޓެރި ސައިކަލްގެ ޗާޖް ހިފަހައްޓައި ދޭނެއެވެ.
ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ކުރަން ނުކުޅެދިފައިވާ ވަރުގެ ޓެކްނޮލޮޖީއެއް އުމުރުން އެންމެ 18 އަހަރުގެ ކުއްޖަކު އުފެއްދުމެއް ހައިރާންކަންމަތީ ގިނަބަޔަކު ތިބި އިރު ގޫގުލް އިން އީޝާއާ މިހާރު ވަނީ ގުޅާފައެވެ.