twitterviber whatsapp telegramfacebookyoutube instagram
13th February 2026

ދިވެހި ފިލްމު “ދިލަކަނި” 6 ޖޫންގައި ތިލަދެކުނު ސިނަމާގައި އަޅުވަނީ

May 23, 2013

ދިވެހި ފިލްމު “ދިލަކަނި” 6 ޖޫން އިން ފެށިގެން ކުޅުދުއްފުށީގައި ހުންނަ ތިލަދެކުނު ސިނަމާގައި އަޅުވާގޮތަށް ހަމަޖެހިއްޖެ އެވެ.

އަންތަރީސް ޕްރޮޑަކްޝަންގެ މި ފިލްމު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވާއިރު ޓިކެޓެއްގެ އަގަކީ 50 ރުފިޔާ އެވެ.

ޒުވާން ޑައިރެކްޓަރު ހުސެން މުނައްވަރުގެ މި ފިލްމުގެ 2 ޝޯ އެޅުވުމަށް ޓާގެޓުކުރެވިފައިވާ ކަމަށް ކުޅުދުއްފުށީގައި މި ފިލްމު އެޅުވުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.

އާއިލާއެއްގެ ތެރެއަށް އިޝްގީ ލޯބި ފޭދިގެން އުފެދޭ ފިތުނަވެރިކަމެއްގެ ތެރެއިން އަންނަ ބަދަލު ހިފުމެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި، އާއިލީ މައްސަލަތަކާއި ލޯބީގެ ހާދިސާތަކެއްވެސް އެކުލެވިގެންވެ އެވެ.

މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި މުހައްމަދު މަނިކު އަދި ނިއުމާ މުހައްމަދުގެ އިތުރުން ރިޝްފާ ހިމެނެއެވެ. މި ފިލްމުގައި އިބްރާހިމް ނިފާރު (ތިއްތި) ގެ އަމިއްލަ ރާގުގެ ހަތަރު ލަވައެއް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355