twitterviber whatsapp telegramfacebookyoutube instagram
9th April 2026

އަމީރު އަމީން ސްކޫލުގެ އީމެއިލް އައިޑީ ހެކްކޮށް ރުފިޔާ ބޭނުންކަމަށް ބުނާ އީމެއިލްއެއް ފޮނުވަމުން އެބަދޭ

May 22, 2013

ހދ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުގެ އީމެއިލް އައިޑީ ހެކްކޮށްރުފިޔާ ބޭނުންކަމަށް ބުނާ އީމެއިލްއެއް ފޮނުވަމުން އެބަދެ އެވެ.

އަމީރު އަމީން ސްކޫލުގެ އައިޑީ ހެކްކޮށް ސްކޫލްގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދުގެ ނަމުގައި ފޮނުވަމުންދާ މި އީމެއިލްގައި ވަނީ އާއިޝަތު ހުރީ އާއިލާގެ ކުއްޖެއްގެ ބޭސްފަރުވާއަކަށް ސްޕެއިންގައި ކަމަށާއި އަވަހަށް ދަތުރަށް ފުރަން ޖެހުމުން ފައިސާ ގެންދެވޭ ގޮތް ނުވާތީ 2500 ޔޫރޯ ފޮނުވާދިނުމަށް އެދިއެވެ. އަދި ކޮންމެ ބައިގަޑިއިރަކުން މެއިލް ޗެކްކުރާނެ ކަމަށާއި ފައިސާ ރައްދު ކުރާނެ ކަމަށްވެސް މި މެއިލްގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ އޮންލައިންގެ އީމެއިލް އައިޑީއަކަށް މި މެއިލް އައުމާއެކު އައިޝަތަށް ގުޅާލުމުން އެބޭފުޅާ ވިދާޅުވީ އަމީރު އަމީން ސްކޫލުގެ އައިޑީ ހެކްކޮށްފައިވާ ކަމަށާއި ކޮންޓެކްޓުގައިވާ ހުރިހާ ފަރާތްތަކަށް މި މެއިލް ފޮނުވަމުންދާ ކަމަށެވެ. އަދި މިމެއިލް އައިކަމަށް މިއަދު މިހާތަނަށް 4 ފަރާތަކުން ބުނެފައިކަމަށްވެސް އާއިޝަތު ވިދާޅުވި އެވެ.

އެހެންކަމުން މި މެއިލް އަށް ސަމާލް ވުމަށް އާއިޝަތު އިލްތިމާސްކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355