twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ދިހަ އަހަރު އެމްޑީޕީގައި ހުރުމަށްފަހު ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް ޖޭޕީއާ ގުޅިއްޖެ

May 24, 2013

ހދ ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބުދުﷲ ޝަރީފް ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮށްފި އެވެ.

ކުރިން އެމްޑީޕީގައި ހުންނެވި އަބުދުﷲ ޝަރީފް ޖުމްހޫރީ ޕާޓީ އާ ގުޅުނީ މިހާރު ހދ އަތޮޅަށް ގާސިމް އިބުރާހިމް އިސްކޮށް ހުންނަވައިގެން އެޕާޓީން   ކުރަމުން ގެންދާ  ކެމްޕެއިން ދަތުރުގައި މިރޭ ހދ ނެއްލައިދޫ ގައި ބޭއްވި ޖަލްސާ ގައެވެ.

އަބުދުﷲ ޝަރީފް މިރޭ ޖުމުހޫރީ ޕާޓީ އަށް ސޮއި ކުރެއްވުމަށް ފަހު ޖަލްސާ ގައި ވާހަކަ ދައްކަމުން ވިދާޅުވީ ގައުމު ސަލާމަތުގެ އައްސޭރި އަކަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމް އިބުރާހިމް ކަމަށާއި 10 އަހަރު އެމްޑީޕީ ގައި ހުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ގައުމު ތަރައްގީ ވެފައެއް ނުވާކަމާއި ގައުމު ތަރައްގީ ވާނީ ޖުމްހޫރީ ޕާޓީން ކަމަށް ވާތީ އެފާޓީ އާ ގުޅުނީ ކަމަށެވެ.

މިރޭ ހދ ނެއްލައިދޫ ގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ ގައި ވައިކަރަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ހަމައެކަނި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރު މަރިޔަމް ޒާމިރާ ވެސް ވަނީ ޖުމްހޫރީ ޕާޓީ އާ ގުޅިފައެވެ.

މިދިޔަ އަންގާރަ ދުވަހު ގާސިމް ވައިކަރަދުއަށް ކުރެއްވި ދަތުރުގައި އެރަށު ކައުންސިލް މެމްބަރު އަލީ އާމިރު ވެސް ވަނީ ޖުމުހޫރީ ޕާޓީ އަށް ސޮއި ކޮށްފައެވެ. ގާސިމް ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރު ތަކުގައި އެމްޑީޕީ އަށް ނިސްބަތް ވާ ގިނަ އެކްޓިވިސްޓުން ދަނީ ޖުމްހޫރީ ޕާޓީއަށް ވަންނަމުން ކަން ފާހަގަ ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355