twitterviber whatsapp telegramfacebookyoutube instagram
9th July 2025

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި

May 25, 2013

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.

މިއަދު ހަވީރު ޔާމީނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް ތާއިދު ކުރައްވާ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުތުރު ބަނދަރަށް ޖަމާވެފައި ވެއެވެ. ޔާމީނުގެ މިދަތުރުފުޅުގައި މަޖިލިސް މެމްބަރު ނިހާނު ހުސެއިން މަނިކު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ޔާމީނު މިދަތުރުފުޅަކީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

ޕީޕީއެމްގެ ކެމްޕޭން ޓީމުގެ މިދަތުރުގައި މިރޭ 8:45 ގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ތިލަދެކުނު ސިނަމާގައި އޮންނާނެ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355