twitterviber whatsapp telegramfacebookyoutube instagram
11th August 2026

އަމީރު އަމީނު ސްކޫލުގެ “މަލަސް” ޝޯވ އަށް ފޯރިއާއެކު ތައްޔާރުވަމުން އެބަދޭ

May 27, 2013

އަމީރު އަމީރު ސްކޫލުގެ ޔޫކޭޖީ ދަރިވަރުންގެ “މަލަސް” ޝޯވ އަށް ވަރަށް ފޯރިއާއެކު ތައްޔާރުވަމުން އެބަދެއެވެ.

މިނޫހަށް މައުލޫމާތު ދެެއްވަމުން އެސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ މަލަސް ޝޯވ އަށް ދަރިވަރުންނާއި މުވައްޒަފުން ތައްޔާރުވަމުންދާ ކަމަށާއި ކޮންމެ ދުވަހަކުވެސް ތިލަދެކުނު ސިނަމާގައި ފަރިތަކުރުންތައް ކުރިއަށްގެންދާ ކަމަށެވެ.

މިމަހުގެ 31 އަދި އަންނަ މަހުގެ 1 ގައި އޮންނަ މި ޝޯގައި ޔޫކޭޖީ ދަރިވަރުންގެ އިތުރުން އާންޓީމެންގެ 3 އައިޓަމްވެސް ހިމެނޭނެ ކަމަށް އާއިޝަތު ވިދާޅުވިއެވެ. ދަރިވަރުން ހުށަހަޅައިދޭ އައިޓަމްތަކުގެ ތެރޭގައި ޑާންސާއި، ޑްރާމާއާއި، ލަވަސެޓާއި، ރައިވަރާއި މަދަހަކިޔުންފަދަ ތަފާތު އައިޓަމްތައް ހިމެނޭނެކަން އާއިޝަތު ފާހަގަކުރެއްވި އެވެ.

މަލަސް ޝޯވގެ ޓިކެޓެއްގެ އަގަކީ 20 ރުފިޔާ އެވެ. ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8 އިން 10 އަށް އަމީރު އަމީން ސްކޫލުން ޓިކެޓު ލިބެން ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

މަލަސް ޝޯވ ބޭއްވެނީ ވަރަށް ގިނަ ފަރާތް ތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކަމަށާއި މިގޮތުން އޭޑީކޭއާއި، ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އެއްބާރުލުންވަރަށްބޮޑަށް ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

މިދިޔައަހަރުގެ މަލަސް ޝޯވގައި 99 ދަރިވަރަކު ބައިވެރިވެފައިވާއިރު މިއަހަރު އެއަދަދު ވަނި 105 އަށް އިތުރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355