ށ މިލަންދޫގައި ޖަންކުޝަނެއް ކޮނުމުގެ ތެރޭގައި އިންސާނެއްގެ ކަށިގަނޑުން ބައެއް ފެނިއްޖެ އެވެ.
މިކަމާއި ގުޅިގެން މިލަންދޫ ކައުންސިލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ މިލަންދޫގެ ގެވަޅެއްގެ ޖަންކުޝަން ވަޅެއް ކޮނުމުގެ ތެރޭގައި އިންސާނެއްގެ ކަށިގަނޑުން ބައެއް ފެނުމުން މިހާރު އެ ކަށިގަނޑު ނަގާފައިވާ ކަމަށެވެ. އެ ގެވަޅުގެ ޖަންކްޝަން ކޮނުމުގެ މަސައްކަތުގައި އުޅުނީ ކޮންޓްރެކްޓު އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތައްކަންވެސް ކައުންސިލަރު ވިދާޅުވި އެވެ.
މިއަދު ފެނުނު މިނި ކަށި ތަކަކީ ވަރަށް ދުވަސްވެފައިވާ ކަށިތަކެއްކަމަށް ބެލެވޭ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
“މިއަދު ތިބުނާ ކަށިތަކެއް ފެނުނީ. ފީވެފަ ހުރީވެސް. ދެން ބަޔަކަށް އަންގަން ޖެހޭ ވަރުގެ ކަމެއް ކަމަކަށް ނުދެކެން އެޔެއް. އެހެން ވީމަ ގެންގޮސް ގަބުރުސްތާނުގައި ވަޅުލާނީ..” އެބޭފުޅާ ވިދާޅުވި އެވެ.