އެސްޓީއޯ ފިލިޕްސް ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
“ފިލިޕްސް ޔޯ ރޯދަ ޕްރޮމޯޝަން”ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން ފިލިޕްސް ބްރޭންޑަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި ފިލިޕްސްގެ ޕްރޮޑަކްޓްތަކަށް %25 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި 2000 ރުފިޔާ އަށް ވުރެން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ފިލިޕްސް ބްލެންޑަރ އަކާއި ބައްލަވައިގަންނަވާާ ބައެއް ޓީވީތަކާއިއެކު ހިލޭ ހޯމް ތިއޭޓަރ ސިސްޓަމެއް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އަދި މީގެ އިތުރުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ވަރަށް ހާއްޞަ ލަކީޑްރޯއެއް ގައި ބައިވެރިވުމަށް ކޫޕަނެއް ލިބިވަޑައި ގަންނަވާނެ ކަމަށާއި މި ހާއްޞަ ލަކީޑްރޯގެ އެއްވަނަ އިނާމަކީ ސަންފްރަންޓްގެ ފަރާތުން ހުށަހަޅުއްވާފައިވާ 120,000 ރުފިޔާގެ އަގުހުރި އޫލިން ކިޗަން ސިސްޓަމް އަކާއި ފިލިޕްސް ބަދިގެ ސާމާނެވެ. ދެވަނަ އިނާމެއްގެ ގޮތުގައި 50,000 ރުފިޔާ ގެ އަގުހުރި ފިލިޕްސް ލައިފް ސްޓައިލް، ބިއުޓީ އަދި ގާރމެންޓް ކެއާރ ގެ ޕްރޮޑަކްޓްތައް ލިބިވަޑައިގަންނަވާއިރު ތިންވަނަ އިނާމެއްގެ ގޮތުގައި 20,000 ރުފިޔާގެ އަގުހުރި ފިލިޕްސް ގިފްޓް ވައުޗަރެއް ލިބިވަޑައި ގަންނަވާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
21 މެއި އިން ފެށިގެން ޖޫން 20 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް، ސުޕަރ މާރޓް އަދި ރީޖަނަލްސް ގެ ފިހާރަތަކުންނެވެ.
ފިލިޕްސް ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް ތަރުހީބުލިބިފައިވާ ބްރޭންޑެކެވެ. އަދި މީގެ އިތުރުން ރޯދަމަހަށް އެންމެ ގިނަބަޔަކު ގޭތެރެއަށް ބަދަލުގެނައުމުގައި އިހްތިޔާރުކުރާ ބްރޭންޑަކީ ފިލިޕްސް ކަންވެސް ފާހަގަ ކުރެވެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް، ސުޕަރ މާރޓް އަދި ރީޖަނަލްސް ގެ ފިހާރަތަކުންނެވެ.