twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޕީޕީއެމް ކުޅުދުއްފުށީ ރިޔާސީ ގޮފީގެ ރަޖިސްޓްރާ އާއި އިތުރު ބަޔަކު ގައުމީ އިއްތިހާދަށް ސޮއިކޮށްފި

May 28, 2013

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުޅުދުއްފުށީ ރިޔާސީ ގޮފީގެ ރަޖިސްޓްރާ ކަމުގެ މަގާމުގައި ހުރި ކުޅުދުއްފުށީ ގެދަމަލުގެ އަހުމަދު އަބްދުލް ޣަފޫރު ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއަށް ސޮއިކޮށްފިއެވެ.

ޕީޕީއެމް އިން ވަކިވާން ޖެހުނު ސަބަބާއި ބެހޭގޮތުން އަހުމަދު ބުނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީނުގެ ސިޔާސަތުތައް އޭނާގަބޫލު ނުކުރާ ކަމަށާއި ޔާމީނުގެ  ފަހަތްޕުޅުން މަސައްކަތް ކުރަން ބޭނުން ނުވާތީ ޕާޓީން ވަކިވީ ކަމަށެވެ.

ކޭޑީސީގެ ޗެއާރމަން ޖައުފަރު އަލީ ހިންގާ ނަލަމައިޒާން ހޮޓަލުގައި ރޭ އޮތް ސޮއިކުރުމުގެ މި ހަފުލާގައި އަހުމަދުގެ އިތުރުން އިތުރު ބައެއްވެސް ވަނީ ޖީއައިޕީއަށް ސޮއިކޮށްފައެވެ.

ފަހަކަށް އައިސް ޕީޕީއެމްއަށް ނިސްބަތްވާ ކުޅުދުއްފުށީގެ ގިނަބަޔަކު އަދި ވަކީން ޚާއްސަކޮށް ރިޔާސީ ގޮފީގެ މެމްބަރުން ދަނީ ގައުމީ އިއްތިހާދާ ގުޅެމުންކަން ފާހަގަ ކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355