twitterviber whatsapp telegramfacebookyoutube instagram
11th August 2026

އިހަވަންދޫ ސްކޫލުގެ 2 ޑެޕިއުޓީ ޕްރިންސިޕަލަކު ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވައިފި

May 29, 2013

ހއ އިހަވަންދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިނަސިޕަލުން ކަމަށްވާ މުހައްމަދު އަބުދުއް ސަމަދު އާއި އަބުދުލް ވާހިދު ދާއޫދު ޖުމުހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިދިޔަ ހޯމަ ދުވަހު އިހަވަންދޫ އަށް ވަޑައިގެން އެ ރަށުގެ ސްކޫލުގެ އިސްވެރިންނާއި ބޭއްވި ބައްދަލު ކުރެއްވުމެއްގައި 2 ޑެޕިއުޓީ ޕްރިންސިޕަލުގެ އިތުރުން ސްކޫލުގެ ސީނިއަރ މެނޭޖްމެންޓާއި ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ގާސިމްގެ ހާޒިރުގައި ސޮއި ކުރައްވަފައިވާ ކަމަށް އެސްކޫލުން ވާހަކަ ދެއްކި މުވައްޒަފަކު ވަނީ ވިދާޅުވެފައި އެވެ.

އިހަވަންދޫ ސްކޫލުގެ އިސްވެރިންނާއި ގާސިމް ބައްދަލުކުރެއްވުމުގައި ސްކޫލަށް ދިމާވެފައިވައި ދަތިތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އެބައްދަލު ކުރެއްވުމުގައި، އެސްކޫލަށް 1 ލައްކަ ދިވެހި ރުފިޔާ އާއި 25 ސްމާޓް ބޯޑާއި 15 ލެޕްޓޮޕްގެ އިތުރުން 6 އެއަރ ކޯނު ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިބުރާހިމް ގެ ކެމްޕެއިން ދަތުރުތަކުގައި ގިނަ ސްކޫލު ތަކަށާއި ކުލަބް ޖަމްއިއްޔާތަކަށް އެކިވަރުގެ ތަކެއްޗާއި ނަގުދު ފައިސާ ދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން ނެވެ. ހއ އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލަށް ހުންނަވަނީ ޕާކިސްތާނުގެ ރައްޔިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355