twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީ ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތު ގައި 2 މީހަކު ހައްޔަރު ކޮށްފި

May 30, 2013

ކުޅުދުއްފުށީ އަދަރަންފަރުގެއިން ވައްކަން ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައިގައި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނިގޮތުގައި އަންގާރަ ދުވަހުގެ ރޭ ކުރި ވައްކަމުގެ ހާދިސާއާ ގުޅިގެން އެ ދެމީހުން ތުލައިގަނެފައި ވަނީ އެ މީހުން ހޯދަން ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ރެއެވެ.

އަދަރަންފަރުގެއިން ގެއްލުނު ކަމަށް ބުނާ ފޯނާއެކު މިތަނުން 23 އަހަރުގެ މީހާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެއިން އެ ރޭ 22:41 ހާއިރު އެވެ.

އަދި 2 ވަނި މީހާ ހައްޔަރު ކޮށްފައިވަނީ ހަމަ އެރޭ 23:45 ހާއިރު ކުޅުދުއްފުށީ ބަނދަރުގައި އޮތް ދޯންޏަކުންނެވެ.

ވައްކަމުގެ މި މައްސަލާގައި އަދަރަންފަރު ގެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 6500 ރުފިޔާ އާއި 2 މޯބައިލް ފޯނެވެ. މިތަކެތި ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިމައްސަލަ މިހާރު ކުޅުދުއްފުށީ ފުލުހުންގެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުޏްނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355