twitterviber whatsapp telegramfacebookyoutube instagram
21st May 2024

އެމްޑީޕީގެ ވެރިކަމެއްގައި ކުޅުދުއްފުށީގައި ޓާރޝިއަރީ ހޮސްޕިޓަލެއް ގާއިމުކުރާނެ: އެމްޑީޕީ

May 31, 2013

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ކުޅުދުއްފުއްޓާއި މާލެ އަދި އައްޑު އަތޮޅުގައި ޓާރޝިއަރީ ހޮސްޕިޓަލެއް އަޅަން ހަމަޖެހިފައިވާ ކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޞިއްހަތާއި ބެހޭ ސިޔާސަތު ޤައުމީ ފެންވަރުގައި މިއަދު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާރޝިއަރީ 3 ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމަށެވެ. ކުޅުދުއްފުށީގެ އިތުރުން ހޮސްޕިޓަލް އަޅަނީ އައްޑު އަތޮޅު ހިތަދޫ އަދި މާލޭގައި އެވެ.

“ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” މި ޝިއާރު ދަށުން މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިފްތިތާހުކުރި އެމްޑީޕީގެ ސިއްހަތާބެހޭ ސިޔާސަތު ރާއްޖޭގެ އުތުރުގައި އިފްތިތާހު ކުރުން އޮތީ ހއ. މުރައިދޫ އާއި ހދ. ހަނިމާދޫ އަދި ށ.ފޮނަދޫ ގައެވެ.

އެމްޑީޕީގެ ސިއްހަތާބެހޭ ސިޔާސަތުގައިވާ ގޮތުން ފަސް އަހަރުގެ ތެރޭގައި 2000 ޑޮކްޓަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޭގެ އިތުރުންވެސް ފާމަސިސްޓުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާނެ އެތައް ބަޔަކު ތަމްރީނުކުރުމަށް އެ ސިޔާސަތުގައި ވެއެވެ. އަދި ދާއިމީ ބަލިތަކަށާއި ހާއްސަ ބަލިތަކަށް އާސަންދައިގެ ދަށުން ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށް އެ ސިޔާސަތުގައި ވެެއެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިނު ކުރުމުގެ ގޮތުން އެމްޑީޕީން ދަނީ އެޕާޓީގެ ސިޔާސަތުތައް ހާމަކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355