twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ އަތޮޅު މަދަރުސާއިން ފުޑްފެއަރއެއް ބާއްވާ ސާޅީސްހާހެއްހާ ރުފިޔާ ހޯދައިފި

Jun 2, 2013

ހދ. ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާއިން ފުޑްފެއަރ ބާއްވާ ސާޅީސްހާހެއްހާ ރުފިޔާ ހޯދައިފި އެވެ.

ހދ އަތޮޅު މަދަރުސާގެ ޕީޓީއޭއިން އިންތިޒާމު ކޮށްގެން ހުކުރު ދުވަހު ބޭއްވި މި ފުޑްފެއަރގައި ސްކޫލަށް ލިބިފައިވަނީ ވަނީ ޖުމްލަ 39108.75 ރުފިޔާ އެވެ.

ހދ އަތޮޅު މަދަރުސާގެ ހެޑް އޮފް ސްކޫލް ނާސިހާ އިދުރީސް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ މައުރަޒުން ލިބުނު ފައިސާއިން ދަރިވަރުންނާއި ގުޅުންހުރި ތަފާތު ކަންކަމަށް ހޭދަކުރައްވާނެ ކަމަށެވެ. އަދި ޕީޓީއޭ އިން މިއަހަރުގެ މިހާތަނަށް 85000 ރުފިޔާ އެކިއެކި ހަރަކާތް ތަކުން ހޯއްދަވާ ދެއްވާފައިވާ ކަމަށާއި އެފަރާތުގެ އެއްބާރުލުމާ ނުލާ ސްކޫލު ކުރިއަށް ގެންދިޔުމަކީ ދަތި އުނދަގޫކަމެއް ކަމަށެވެ. އެހެން ކަމުން އެބޭފުޅުންގެ ގުރުބާނީގެ އަގު ވަޒަންކޮށް ޝުކުރުވެރިވާކަމަށް ނާސިހާ ވިދާޅުވި އެވެ.

ހދ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ޖުމްލަ 5 ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މައުރުޒު ހުޅުވައިދެއްވީ ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ނައީމާ އިބްރާހިމެވެ.

އިއްޔެ ބޭއްވުނު މި މައުރުޒުގެ ސްޕޮންސަރ ކޮށްފައިވަނީ ކޯޒްނެޓް، ދާލި، ދަވި، ސައްލާ ކެފޭ، ބަނދަރު ކެފޭ އަދި ޑޭނައިޓް އިންވެސްޓްމެންޓް ގެ ފަރާތުންނެވެ. މިއަހަރު ޕީޓީއޭގެ ފަރާތުން މަސައްކަތު ދުވަހެއް ފާހަގަކޮށް 31200 ރުފިޔާ ވަނީ ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355