twitterviber whatsapp telegramfacebookyoutube instagram
21st May 2024

އަފީފުއްދީން ސްކޫލުގެ ޖަންބަލް ސޭލުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

Jun 2, 2013

އަފީފުއްދީން ސްކޫލުގެ ޖަންބަލް ސޭލުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އަފީފުއްދީން ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމަށް އިންތިޒާމުކުރި އެސްކޫލުގެ ޖަމްބަލް ސޭލަށް ޖުމްލަ 56500.75 ރުފިޔާ ވަނީ ލިބިފައެވެ.

އަފީފުއްދީން ސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް މިނޫހަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި މިދިޔަ އަހަރާ ޚިލާފަށް ފައިސާ ހަދިޔާކޮށްގެންވެސް ސޭލުގައި ބައިވެރިވުމުގެ ފުރުސަތު ބެލެނިވެރިންނަށް ރަސްމީކޮށް ހުޅުވާލާފައިވާނެ ކަމަށެވެ. އަދި މި ސޭލު މިހާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި އެހީތެރިވެދެއްވި ބެލެނިވެރިންނަށާއި މެނޭޖްމެންޓަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ފެށި ޖަމްބަލް ސޭލް ރޭ 12 ޖެހުމާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވެއެވެ. ތަފާތު ގުރޫޕުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސޭލްގައި އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ގްރޫޕު 2 އެވެ. އެ ގުރޫޕުން 12711 ރުފިޔާ ހޯދާފައިވާ އިރު ދެވަނައަށް އެންމެ ގިނައިން ފައިސާ ހޯދި 6 ވަނަ ގުރޫޕުން 11230 ރުފިޔާ ވަނީ ހޯދާފައެވެ. 3 ވަނައަށް އެންމެ ގިނައިން ފައިސާ ހޯދާފައިވަނީ 1 ވަނަ ގުރޫޕެވެ. އެ ގުރޫޕަށް 9416.75 ރުފިޔާ ލިބިފައިވާއިރު 4 ވަނައަށް ދިޔަ 5 ގުރޫޕަށް 885 ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން އެންމެ މަދުން ފައިސާ ލިބުނު ދެ ގުރޫޕު ކަމަށްވާ ގުރޫޕު ތިނަކަށް 8114 ރުފިޔާ ލިބިފައިވާއިރު ހަތަރަކަށް ލިބިފައިވަނީ 6344 ރުފިޔާ އެވެ.

އަފީފުއްދީން ސްކޫލުގައި ފުރަތަމަ ފަހަރަށް ޖަމްބަލް ސޭލެއް ބާއްވާފައިވަނީ މިދިޔަ އަހަރެވެ. އެފަހަރު 49752 ރުފިޔާ ވަނީ ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355