twitterviber whatsapp telegramfacebookyoutube instagram
21st May 2024

ހެލްތް ޓުރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ކުޅުދުއްފުށީގައި ފަންނާނުން ގެ ޝޯއެއް ބާއްވަނީ

Jun 6, 2013

ހެލްތް ޓުރަސްޓް ފަންޑަށް ފައިސާ ހޯދުމަށްޓަކައި ކުޅުދުއްފުށީގެ ފަންނާނުގެ ޝޯއެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީގެ ފަންނާނުން ގުޅިގެން ބާއްވާ މިޝޯ އޮންނާނީ މިމަހު 8 ވަނަ ދުވަހު ތިލަދެކުނު ސިނަމާގައެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މިހަރަކާތް ކުރިއަށް ގެންދާނީ 2 ޝޯއެއްގެ ގޮތުގައެވެ.އެއީ ހޮނިހިރު ދުވަހުގެ ހަވީރު ކުޑަކުދިންނަން ހާއްސަކޮށް ބާއްވާ ޝޯއަކާއި ބޮޑެތި މީހުންނަން ހާއްސަ ރޭގަނޑުގެ ޝޯއެއް ކަމަށް ހޮސްޕިޓަލް މައުލޫމާތު ދެއެވެ.

މިހާތަނަން ކުޅުދުއްފުށީގެ 11 ގުރޫޕެއް ބައިވެރިވެފައިވާ މިޝޯގައި ކުޑަކުދިންގެ ޝޯ ޓިކެޓެއް އަގަކީ 10 ރުފިޔާއެވެ. އަދި ބޮޑެތި މީހުންގެ ރޭގަނޑުގެ ޝޯގެ ޓިކެޓެއްގެ އަގަކީ 20 ރުފިޔާއެވެ

ކުޅުދުއްފުށީގެ ފަންނާނުންގެ މިޝޯގައި ބައިވެރިވެފައިވަނީ ދައްސޫރަ ބޮޑުބެރު ގުރޫޕާއި މިސްގާލް ބޮޑުބެރު ގުރޫޕާއި ޔަންގް މިސްގާލް ބޮޑުބެރު ގުރޫޕާއި އަންހެނުންގެ ބޮޑުބެރު ގުރޫޕް ހަރުމަލެވެ. އަދި ޑާންސް ގުރޫޕްތަކުގެ ތެރޭގައި ޑީއެލްޑީ، ކަންމަތި، އިނޮސެންސް، ޔަންގްބޯއީސް، ޔަންގް ގާރލްސް އަދި ސަގާފީ ކުޅިވަރު ގުރޫޕެއް ކަމަށްވާ މަލަކާގެ ހަރަކާތްތަކެއް ޝޯގައި ފެނިގެން ދާނެއެވެ. މީގެ އިތުރުން ޝޭޕް އެރޮބިކްސް ކްލާހުގެ ހަރަކާތްތަކެއްވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިޝޯގެ ޓިކެޓް މިހާރުވެސް ޓޫއެޗްޓޫ ފިހާރައިން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355