twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ހެލްތު ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަންޑު ފޮއްޓެއް ބަހައްޓައިފި

Jun 4, 2013

ސަރުކާރާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ހިއްސާއާއެކު، ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތް ހޯދުމާއި ގާއިމު ކުރުމަށްޓަކައި ހަރަދުކުރާނޭ ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން “ހެލްތު ޓްރަސްޓް ފަންޑް”ގެ ފަންޑު ފޮއްޓެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓައިފި އެވެ.

މިއަދު މެންދުރުފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިފަންޑު ފޮށި އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރަށުގައި ގާއިމު ކުރެވިފައިވާ ސަރުކާރު ގެ ހުރިހާ މުއައްސަސާ ތަކަކުން ވަނީ ބައިވެރިވެފައެވެ.

ހެލްތު ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީގެ ފަންނާނުން ގުޅިގެން މުނިފޫހިފިލުވުމުގެޝޯއެއްވެސް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އާއި ރަށްރަށުގެ މިސްކިތްތައް މަރާމާތުކޮށް ކުލަލައި ރީތިކުރުމަށް އެހީ ހޯދުމަށް މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ވެސް ވަނީ “މިސްކިތު ފަންޑް” ގެ ނަމުގައި ފަންޑް ހޯދުމުގެ ކެމްޕޭނެއް ހިންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355