twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުށްކުރުން މަދުކުރުމަށް ހޭލުންތެރިކުރުމަށް ކަނޑިތީމުގައި ޕްރޮގްރާމެއް ފަށައިފި

Jun 7, 2013

ކުށްކުރުން މަދުކުރުމަށް ހޭލުންތެރިކުރުމަށް ކަނޑިތީމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓާއި ށ.އަތޮޅު މަދަރުސާ އަދި ށ.ކަނޑިތީމުގެ ފޭލި ޖަމިއްޔާ ގުޅިގެން ށ. އަތޮޅު މަދަރުސާގެ ގްރޭޑް 7، 8  އަދި 9 ގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މިޕްރޮގްރާމް ކުރިއަށް ގެންދަނީ “ބީ ރެޑީ ކޭމްޕް” ގެ ނަމުގަ އެވެ.

ށ އަތޮޅު މަދަރުސާގެ 93 ދަރިވަރަކު ބައިވެރިވާ މި ކޭމްޕް ކުރިއަށް ދަނީ މިމަހުގެ ފަހަކުން އަށަކަށް އެމަދަރުސާގެ ގޯތި ތެރޭގައެވެ. މިކޭމްޕްގައި ދަރިވަރުންގެ އަމިއްލަ ނަފްސު ތަރައްޤީ ކުރުމަށް ބޭނުންވާ ލައިފް ސްކިލްސްތަކާއި، ރިވެތި އަހުލާގާއި އަދަބުތަކާއި،  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުންނާއި އެކުދިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭގޮތަށް ހަމަޖެހިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ށ.އަތޮޅު މަދަރުސާގައި ފެށި މި ކޭމްޕަކީ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށް ގެންދަން ފަށާފައިވާ ބީރެޑީ ކޭމްޕް ޕްރޮގްރާމްގެ 3 ވަނަ ކޭމްޕެވެ. މި ކޭމްޕުގެ ބައިވެރިންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ހިންގާ ހުނަރު ތަރައްޤީކުރުމުގެ ސެޝަނެއް ވެސް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355