ޖަލާލުއްދީން ސްކޫލުގެ ޕޮކެޓް ޕްރެޒެންޓޭޝަން ގޭޓްވޭ ޕްރޮޖެކްޓަރު ވަގަށް ނަގާފައިވާކަމަށް ހީކޮށް ފުލުހުންނަށް އެންގިފަހުން ސްކޫލު ތެރެއިން ފެނިއްޖެ އެވެ.
އެސްކޫލުގެ ޓީޗަރަކު ބުނީ ރޭގެ ވަގުތެއްގައި ޕޮކެޓް ޕްރެޒެންޓޭޝަން ގޭޓްވޭގެ ސެޓިން ހެދުމަށްފަހު ސްކޫލު ހޯލުގައި ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަރު ގެއްލުނުކަން އެނގުނީ މިއަދު ހެނދުނު ހޯލުގައި ނެތުމުން ކަމަށް އޭނާ ބުންޏެވެ.
ޕްރޮޖެކްޓަރު ގެއްލިގެން މިއަދު ހެނދުނު މުވައްޒަފުންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި އެކި މުވައްޒަފުން އިތުރަށް ސުވާލު އުފެދޭކަހަލަ ޖަވާބު ދީފައިވާކަމަށް މިނޫހަށް މަޢުލޫމާތު ދިން ޓީޗަރު ބުނެފައި ވެއެވެ. އަދި ފުލުހުންނަށް އެމައްސަލަ ހުށަހެޅިކަމަށް ވެއެވެ.
މިކަމާ ގުޅިގެން ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ވިދާޅުވީ ގެއްލުނު ޕްރޮޖެކްޓަރު ސްކޫލުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެއީ އެރި އޮޅުމަކުން ދިމާވި ކަމެއް ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއަރ އޮފިސަރ ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޖަލާލުއްދީން ސްކޫލުން އެއްޗެއް ގެއްލިގެން ރިޕޯޓް ކޮށްފައިވާކަމަށާއި އެމައްސަލަ މިހާރު ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ތަހްގީގު ކުރަމުންދާކަމަށެވެ،
.