twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފޭސްބުކާއި ޓްވިޓާ ހިލޭ ބޭނުންކުރެވޭ ޕެކޭޖެއް ދިރާގުން ތައާރަފް ކޮށްފި

Jun 8, 2013

ފޭސްބުކާއި ޓްވިޓާ ހިލޭ ބޭނުންކުރެވޭ ޕެކޭޖެއް ދިރާގުން ތައާރަފް ކޮށްފި އެވެ.

“ޕްރިޕެއިޑް ރެޑް” ގެ ނަމުގައި ދިރާގުން ތައާރަފް ކުރި މި ޕެކޭޖު ބޭނުންވާ ފަރާތްތަކަށް ހާއްސަ ސިމް އެއް ޕްރިޕެއިޑް ރެޑްގެ ނަމުގައި 30ރ. އަށް ވިއްކަމުންދާ އިރު މިހާރު ޕުރިޕެއިޑް ސިމްތައް ބޭނުން ކުރާ ފަރާތްތަކުން އެޕެކޭޖަށް ބަދަލުކުރުމަށް ބޭނުންވާ ނަމަ ދިރާގު ކަސްޓަމާ ސާވިސް ފިހާރަތަކުން އިތުރު އަގަކާ ނުލައި ބަދަލުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕެކޭޖުގެ އިތުރު ޚިދުމަތް ތަކުގެ ތެރޭގައި ދިރާގުގެ ނަމްބަރުތަކަށް އެއް ލާރިއަށް މެސެޖް ކުރުމުގެ ހިދުމަތާއި އިންޓަނެޓް ބޭނުންކުރެއްވުމަށް ކޮންމެ އެމްބީ އެއް 30 ލާރިއަށް ލިބޭ އިރު ބޭނުންވާ އެއް ނަންބަރަކަށް 49 ލާރިއަށް ގުޅާލުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕެކޭޖް ތައާރަފް ކުރެއްވުމަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ މިއީ ރާއްޖޭގައި ސޯޝަލް މީޑިޔާތަކަށް އަމާޒުކޮށްގެން ނެރެވުނު ފުރަތަމަ ޕެކޭޖު ކަމަށާއި ކަސްޓަމަރުން ބޭނުންވާފަދަ ޚިދުތަކެއް ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ.

އެޕެކޭޖުގައި އަގުހެޔޮކޮށް ލިބޭ ހިދުމަތްތައް ބޭނުންވާ ނަމަ އެޕެކޭޖަށް ބަދަލުކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް red ޖެއްސެވުމަށްފަހު 344 ކަށް އެސްއެމްއެސްއެއް ފޮނުވަން ޖެހޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ދެ ނެޓުވޯކު ކަމުގައި ފޭސްބުކާއި ޓުވިޓާ ވެފައިވާއިރު ދިރާގުން މި ތައާރަފްކުރި ރެޑް ޕެކޭޖްގެ ސަބަބުން ކަސްޓަމަރުން އިތުރުވެގެން ދާނެކަމަށް ދިރާގުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355