twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުރިނބީން ފުރައިގެން ހަނިމާދޫއަށް ދިޔަ ދޯންޏަކަށް ކަނޑުގަދަވުމާ ގުޅިގެން ފުލުހުން އެހީތެރިވެއްޖެ

Jun 8, 2013

ހދ. ކުރިނބީން ފުރައިގެން ހދ. ހަނިމާދޫ އަށް ދިޔަ ދޯންޏެއް، ކަނޑު ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުން އެހީތެރިވެ ދީފީއެވެ.

ހދ ކުރިނބީ “ފަރިމާ” ނަމަކަށް ކިޔާ މި ދޯނި ހާލުގައި ޖެހުނީ ރޭ ކުރިނބީން ހަނިމާދޫ އަށް ދަތުރު ކުރަމުން ދަނިކޮށް އައި ކޮޅިގަނޑެއްގައި ކަނޑުގަދަވެ މޫސުން ގޯސްވެ ދޯނި ކުރިއަށް ނުދުއްވިފައި އޮތުމުންނެވެ.

ފުހުލުން ބުނީ މިދޯނި ހާލުގައި ޖެހިގެން ރޭ އިރާކޮޅު ރިޕޯޓުކުރުމާ ގުޅިގެން އެދޯންޏަށް އެހީތެރިކަން ފޯރު ކޮށްދީފައި ވާކަމަށެވެ.

ރޭ މެންދަމު ގެސްޓުން ގޮވައިގެން ދަތުރު ކުރި މަނަފަރު ބީޗް ހައުސް ރިސޯޓްގެ ލޯންޗަކަވެސް، ކަނޑު ގަދަވެ މޫސުން ގޯސްވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުންވަނީ އިލްތިމާސްކޮށްފައި އެވެ. އަދި މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެއާއި ރޭގެ ވަގުތެއްގައި ޔެލޯ އެލާޓްވަނީ ނެރެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355