twitterviber whatsapp telegramfacebookyoutube instagram
21st May 2024

އެތްލެޓިކްސް މީޓުގެ ބައިވެރިންނަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް ކިޔަމުން އެބަދޭ

Jun 9, 2013

ކުޅުދުއްފުށީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ބައިވެރިވާ އެހެން ރަށްރަށުގެ ޓީމުތަކަށް ކުޅުދުއްފުށިން ވަރަށް ހޫނު މަރުހަބާއެއް ކިޔަމުން އެބަދެއެވެ.

މުބާރާތުގައި ބައިވެރިވާ މާލޭގެ ސްކޫލެއްކަމަށްވާ ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ އޮފިޝަލުން ހިމެނޭގޮތަށް 29 ބައިވެރިން ވަނީ އިއްޔެ މެންދުރުގެ ވަގުތުގައި ކުޅުދުއްފުއްޓަށް އައިސްފައެވެ. ބިލަބޮންގ ގެ ޓީމަށް ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީން މި މީޓުގައި ބައިވެރިވާ ހަމައެކަނި ޓީމު ކަމަށްވާ ޝަރަފުއްދީން ސްކޫލުގެ 7 ބައިވެރިން އިއްޔެ މެންދުރު ފަހުގެ ވަގުތުގައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. އަދި ކުރިނބީ ސްކޫލާއި ހދ އަތޮޅު މަދަރުސާ އާއި، ނޮޅިވަރަމް އަދި ނޮޅިވަރަންފަރު ސްކޫލުގެ ބައިވެރިން މިއަދު ކުޅުދުއްފުއްޓަށް އަންނާނެ އެވެ. އޭގެ އތުރުން ދަރުމަވަންތަ ސްކޫލާއި އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލާއި ތާޖުއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ހިރިޔާ ސްކޫލުގެ ބައިވެރިންވެސް މިއަދު ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީ ކައުންސިލާއި ޕޮލިސް އަދި އެމްއެންޑީއެފްގެ އިތުރުން ކުލަބް ޖަމްއިއްޔާތަކާއި ކުޅުދުއްފުށީގެ ސްކޫލްތަކުގެ އެހީތެރިކަމާއި މި އެތްލެޓިކްސް މީޓަށް ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. މިގޮތުން ޒޯން ސްޓޭޑިއަމްގައި ކުލަލައި ޒީނަތްތެރި ކޮށްފައިވެއެވެ.

މާދަމާ ފެށޭ މި އެތްލެޓިކްސް މީޓުގައި 16 ސްކޫލަކުން ބައިވެރިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355