twitterviber whatsapp telegramfacebookyoutube instagram
27th September 2026

100ރ. އާއި 500ރ. ގެ ވަގު ނޫޓާ މެދު ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށްފި

Jun 10, 2013

100 ރުފިޔާ އާއި 500 ރުފިޔާ ގެ ވަގުނޫޓާއި މެދު ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

މަދުން ނަމަވެސް ވަގުނޫޓު ފެންނަމުންދާ ކަމަށާއި މިވަގުތު ފެންނަމުންދާ ވަގު ނޫޓުތައް ޗާޕުކޮށްފައިވަނީ ވަރަށް ފެންވަރު ދަށް ކަރުދާހެއްގައި ކަމަށް އެމްއެމްއޭ އިން ނެރެފައިވާ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ނޫޓު ޕްރިންޓް ކޮށްފައިވަނީވެސް އަސްލު ނޫޓަށް ވުރެ ދަށް ކޮލިޓީއެއްގައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މިގޮތުން ގިނަ ނޫޓު ތަކެއްގެ ތެރޭގައި މިފަދަ ވަގުނޫޓެއް އޮތް ނަމަވެސް ފަރުވާތެރިކަމާއެކު ނޫޓުތައް ވަކިވަކިން ބައްލަވައި ޗެކްކުރެއްވުމަށް ވެސް އެމްއެމްއޭ އިން އިލްތިމާސް ކުރައްވައެވެ. އެހެން ކަމުން ބައްލަވައިގަންނަވާ ރުފިޔާ އަބަދުވެސް 500 އަދި 100 ރުފިޔާގެ ސައްހަ ނޫޓަކާއި އަޅާ ކިޔުމަށްފަހު ގަބޫލު ކުރެއްވުމަށާއި ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެމްއެމްއޭ އިން އެކަން ޔަގީން ކުރެއްވުމަށް އެފަރާތުން އެދިލައްވައެވެ

ވަގު ނޫޓުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އެއޮތޯރިޓީގެ ނަމްބަރު 3331739 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެތަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293