twitterviber whatsapp telegramfacebookyoutube instagram
22nd May 2024

މުބާރާތެއްގައި ބައިވެރިވުމުގެ ބޭނުމަކީ ހަމައެކަނި މޮޅު ވުމެއްނޫން، އެކަމުން ލިބޭ ޝަރަފް މާބޮޑު: ފާހިރު

Jun 10, 2013

ކުޅިވަރު މުބާރާތެއްގައި ބައިވެރިވުމުގެ ބޭނުމަކީ ހަމައެކަނި މޮޅު ވުން ނޫން ކަމަށާއި އެކަމުންލިބޭ ޝަރަފް މާބޮޑުކަމަށް ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރގެ  މެނޭޖަރ މުހައްމަދު ފާހިރު ވިދާޅުވެއްޖެ އެވެ.

ފާހިރު މިހެން ވިދާޅުވީ 18  ވަނަ އެޓޯލް އިންޓަރ ސްކޫލު އެތުލެޓިކްސް މީޓް މިއަދު ހދ ކުޅުދުއްފުށީގައި ރަސްމީކޮށް ފައްޓާވައި ދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.ފާހިރު ވިދާޅުވީ މުބާރާތެއްގައި ބައިވެރިވުމުގެ ބޭނުމަކީ ހަމައެކަނި މޮޅުވުމެއް ނޫން ކަމަށާއި ކުޅިވަރެއްގެ އެންމެ ހާއްސަ ކަމަކީ އެކުޅިވަރެއްގައި ވީ އެންްމެ ފުރިހަމަ އަށް ބައިވެރިވުންކަމަށެވެ. އަދި އެކުޅިވަރަކުން ލިބޭ އިބްރަތް ދަސްކޮށް ކުރިމަގު ގައި މިފަދަ މުބާރާތް ތަކުން .ރަގަޅު ނަތީޖާ އެއް ހޯދުމަށް މަސަކަތް ކުރުން ކަމެވެ

ސްކޫލުގެ ދަރިވަރުންނަކީ ފޮތްތަކުން ހަމައެކަނި އުނގެނޭ ދަރިވަރުން ތަކެއް ނޫން ކަމަށާއި ވަރަށް ގިނަ ތަފާތު ހުނަރު ތަކަކާއި އަދަބު ތަކެއް ދަސްކުރާ ބައެއް ކަމަށާއި އެގޮތުން ކުޅިވަރު ތަކުގައި ދަރިވަރުންގެ ބައިވެރިވެ ކުޅިވަރު ތަކުން އެލިބޭ އިބުރަތަކަކީ މުހިއްމު ފިލާވަޅު ތަކެއް ކަމުގައި ބަލައިގަނެ، ބެލެނިވެރިން ކުޅިވަރު ތަކުގައި ކުދިން ބައިވެރި ކުރުމުގެ ރޯލަކީ  މުހިއްމު ކަމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަނުންގެ ރައީސް އަހުމަދު ތޮލާލު ވެސް ވާހަކަފުޅު ދެއްކެވި އެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ އަމީރު އަމީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީސްކޫލްގެ އައިޓަމްތަކެއް ކުރިޔަށް ދިޔައެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ހަރުމަލް ގްރޫޕްގެ އައިޓަމެއްވެސް އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355