twitterviber whatsapp telegramfacebookyoutube instagram
10th May 2025

ޕީޕީއެމް ކުޅުދުއްފުށީ ރިޔާސީ ގޮފީގެ 50 މެމްބަރަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

Jun 12, 2013

ޕީޕީއެމް ކުޅުދުއްފުށީ ރިޔާސީ ގޮފީގެ 50 މެމްބަރަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ވިލާ ހައުސްގައި، ސޮއިކުރި ފޯމުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި ފަރާތްތަކުން ބުނީ ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅުމުގެ މަގުސަދު ހާސިލްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް  ސާބިތުކަމާއެކު އަބަދުވެސް ތިބޭނެ ކަމަށްވެސް އެފަރާތް ތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީއަކީ އެންމެ ގާބިލް އަދި ގައުމަށް ތަރައްގީ ގެނެސްދެވޭނެ ޕާޓީ ކަމަށާއި ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ކުޅުދުއްފުށިން އިތުރު މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޖުމްހޫރީ ޕާޓީއާ ކުޅުދުއްފުށިން އަލަށް ގުޅުނު ފަރާތް ތަކުން ވަނީ ބުނެފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355