twitterviber whatsapp telegramfacebookyoutube instagram
21st May 2024

އެތްލެޓިކްސް މީޓުގެ 2 ވަނަ ދުވަސް ނިމުނުއިރުވެސް ހދ އޭއީސީ ދެ އުމުރުފުރާއަކުން ކުރީގައި

Jun 11, 2013

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގެ ދެވަނަ ދުވަސް ނިމުނުއިރުވެސް 2 އުމުރުފުރާއެއްގެ އެއްވަނައަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހިނގައްޖެ އެވެ.

މިގޮތުން 2 ވަނަ ދުވަހުގެ އިވެންޓުތައް ނިމުނުއިރު ޕޮއިންޓް ތާވަލުގެ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 18 ޕޮއިންޓާއެކު 1 ވަނަ އާއި، 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 21 ޕޮއިންޓާއެކު 1 ވަނަ ހދ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ ހޯދާފަ އެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 23 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އެއްވަނަ ހޯދާފައިވާއިރު 20 ޕޮއިންޓު ހޯދައިގެން 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 1 ވަނަ ހޯދާފައިވަނީ ޝަރަފުއްދީން ސްކޫލެވެ.

މީގެއިތުރުން 11 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 12 ޕޮއިންޓާއި އެކު އޭއީސ އެއްވަނަ ހޯދާފައިވާއިރު، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ތައުލީމީ މަރުކަޒުން ހޯދާފައިވަނީ 36 ޕޮއިންޓާއި އެކުއެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ޖަލާލުއްދީން ސްކޫލް 23 ޕޮއިންޓާއި އެކު ހިމެނޭއިރު  17 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހިރިޔާ ސްކޫލް ހޯދާފައިވަނީ 10 ޕޮއިންޓުން ހާސިލްކޮށްގެންނެވެ.

މިއަދު ކުރިއަށްގެންދެވުނު އައިޓަމް ތަކުގެ ތެރެއިން 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 50 މީޓަރު ދުވުމުން 1 ވަނަ  ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އުމަރު އާހިލް އިބްރާހީމް ހޯދާފައިވާއިރު މި އުމުރުފުރާގެ އަންހެން ކުދިންގެ 50 މީޓަރު ދުވުމުން 1 ވަނަ ހޯދާފައިވަނީ ހދ އަތޮޅު މަދަރުސާގެ ފާތިމަތު ޝިޢުރާއެވެ.

13 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހދ ތައުލީމީ މަރުކަޒުގެ މައިޝާ ޢަލީ ހޯދާފައިވާއިރު އެ އުމުރުފުރާގެ ފިރިހެން ކުދިންގެ 200މ. ދުވުމުން 1 ވަނަ ހޯދާފައި ވަނީވެސް ހަމަ އެސްކޫލުގެ އިސްމާޢީލް ޒަޔާން އެވެ. މީގެ އިތުރުން މި އުމުރުފުރާގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދާފައިވަނީވެސް ހދ އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވާ ދަރިވަރެއް ކަމަށްވާ މައިޝާ އާދަމް އެވެ.

މިއަދު ކުރިއަށްގެންދެވުނު 15 އަހަރުންދަށުގެ ފިރިހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އެވެ. އަދި އެ އުމުރުފުރާގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ހަމައެސްކޫލުގެ ސްކޫލްގެ ނަޝާ ނިޒާރު އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200މ ދުވުމުން 1 ވަނަޝަރަފުއްދީން ސްކޫލް ގެ ޙުސައިން ޝަހުދާން ފަހުމީ ހޯދާފައިވާއިރުމިޢުމުރުފުރާގެ އަންހެން ކުދިންގެ 200މ ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލްގެ ޢާއިޝަތު ސަރާއެވެ.

މީގެއިތުރުން15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 1500މ ދުވުމުން ޖަލާލުއްދީން ސްކޫލްގެ ނައުފަލް އަޙްމަދު އެއްވަނަ ހޯދާފައިވާއިރުމިޢުމުރުފުރާގެ އަންހެން ކުދިންގެ 1500މ ދުވުމުން 1 ވަނަ ހޯދާފައިވަނީ ހަމަ އެ ސްކޫލްގެ ޝާނިޔާ އަޙްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355