twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ރައީސް ވަހީދުގެ ކޯލިޝަން ޓީމުގެ ބޭފުޅުން ހަނިމާދުއަށް ގެންދިއުމަށް ބޭނުންކުރި ލޯންޗެއް ފަރަށް އަރައިފި

Jun 12, 2013

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަންގެ ކޯލިޝަން ޓީމުގެ ބޭފުޅުން ހަނިމާދުއަށް ގެންދިއުމަށް ބޭނުންކުރި ލޯންޗެއް ފަރަށް އަރައިފި އެވެ.

ރޭ ކުޅުދުއްފުށީގައި އޮތް ކޯލިޝަންގެ ޖަލްސާއަށްފަހު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބައެއް މީހުން ހަނިމާދޫއަށް ގެންދިއުމަށްފަހު، އިތުރު މީހުން ބަލައި އެނބުރި ކުޅުދުއްފުއްޓަށް އައިސް ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ލޯންޗް ފަރަށް އެރިއިރު ލޯންޗްގައި ލިބީ ހަމައެކަނި ދެފަޅުވެރިންނެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ހަނީފު ވިދާޅުވީ މި ލޯންޗް ފަރަށް އަރާފައިވަނީ ރޭ ދަންވަރު ދެއެއް ޖެހިއިރު ކަމަށެވެ. މި ލޯންޗަކީ ހަނިމާދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗެއް ކަމަށާއި އެވަގުތު ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ހަނީފް ވިދާޅުވި އެވެ.

ހަނީފް އިތުރަށް ވިދާޅުވީ ފަރަށް އެރި ވަގުތުން ފެށީގެން ފުލުހުންނާއި ސިފައިން އަދި ކުޅުދުއްފުށީ ރައްޔިތުން ގުޅިގެން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355