twitterviber whatsapp telegramfacebookyoutube instagram
17th May 2024

ގަދަ ވަޔާއެކު އައި ކޮޅިގަނޑުގައި އެތުލެޓިކްސް މީޓުގެ ކުދިން ތިބި ޓެންޓްތައް އުކާލައިފި

Jun 12, 2013

މިއަދު އައި ކޮޅިގަނޑުގައި ޖަލާލުއްދީން ސްކޫލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި

ގަދަ ވަޔާއި ވިއްސާރައާއެކު އައި ކޮޅިގަނޑެއްގައި މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ސްކޫލުތަކުގެ ދަރިވަރުން ތިބުމަށް ޖަހާފައިވާ ޓެންޓުތައް ވަނީ ވަޔާ އުކާލާފަ އެވެ.

މިއަދު ހެނދުނު އަށްގަޑި ސާޅީސް ފަހެއް ކަންހާއިރު އައި މިކޮޅިގަނޑުގައި ވަޔާ ޓެންޓްތައް އުކާލިއިރު ތަނުގައި ތިބި ދަރިވަރުންނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި ޓެންޓުތައް އުކާލި ވަގުތު ގެއްލުން ލިބުނު ކުރިނބީ ސްކޫލުގެ ދަރިވަރަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މިހާދިސާގައި ތަނުގައި ޖަހާފައިވާ ހުރިހާ ޓެންޓެއްހެން ބިމާ ހަމަވެފައިވާއިރު ޓެންޓުތައް ހިފެހެއްޓުމަށްޓަކައި ވާ އައްސާފައިވާ ގަސްވެސް ވަނީ މުލުން ލުހިގެން ގޮސްފައެވެ.

މިކަމުގެ ސަބަބުން އެތްލެޓިކްސް މީޓުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެއްސި އިވެންޓުތައް ކެންސަލްކޮށް މެންދުރު ފަހު ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން މިއަދު އައި ކޮޅިގަނޑުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގޯތިތެރޭގައި ހުރި 2 ގަހެއްވެސް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ސްކޫލުގެ ކުޅޭބިމުގައި ޖަހާފައިވާ ދަގަނޑު ދަނޑިއެއް 2 ލައިޓާއެކު ވަނީ ވެއްޓިފައެވެ.

މި އައި ކޮޅިގަނޑުގައި އެއްވެސް ގެއަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު އަދި ކައުންސިލަށް ހުށައަޅާފައި ނުވާކަމަށް އެއިދާރާއިން ހާމަކުރެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355