twitterviber whatsapp telegramfacebookyoutube instagram
17th May 2024

އެތްލެޓިކްސް މީޓުގެ 3 ވަނަ ދުވަހު 19 އިވެންޓެއް ކުރިއަށް ގެންގޮސްފި

Jun 12, 2013

މުބާރާތުގެ ހެނދުނު ދަންފަޅީގައި 9 އިވެންޓް ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވީނަމަވެސް، މޫސުމް ގޯސްވުމުގެ ސަބަބުން ކުރިޔަށް ގެންދެވިފައިވަނީ 5 އިވެންޓެވެ. އެއީ 11 އަދި 13 އަހަރުންދަށުގެ އަންހެން އަދި ފިރިހެން 80މ ދުވުމާއި، 15 އަހަރުންދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕްއިން 1 ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ އާމިނަތު ނިހާ އެވެ.

މުބާރާތުގެ މެންދުރު ފަހު ދަންފަޅީގައި 14 އިވެންޓް ކުރިޔަށް ދިޔައެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕްއިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ޙުސައިން ޝަހުދާން ފަހުމީ އެވެ.

11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙުސައިން ސިރާޖް އެވެ. އަދި މި އުމުރުފުރާގެ އަންހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ފާތިމަތު ޝިޢުރާއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 80މ ދުވުމުން 1 ވަނަ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޙުސައިން ލަޔާން އަދި މި އުމުރުފުރާގެ އަންހެންކުދިންގެ 80މ ދުވުމުން 1 ވަނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަރްޔަމް ޢަލީ އެވެ.

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕްއިން 1 ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް ގެ ޙުސައިން ޝަހުދާން ފަހުމީއެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕް އިން 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުޙައްމަދު އާލިފް އިސްމާޢީލް އެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަޙްމަދު އަދި މިއުމުރުފުރާގެ އަންހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޙުސައިން ރިޒާ އަދި މިއުމުރުފުރާގެ އަންހެން ކުދިންގެ 400މ ދުވުމުން 1 ވަނަ ހޯދީ ހިރިޔާ ސްކޫލްގެ ޢާއިޝަތު ސަރާއެވެ.

3 ވަނަ ދުވަހުގެ އިވެންޓްތަކާ އެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 36 ޕޮއިންޓާއެކު 1 ވަނަ ހޯދީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 30 ޕޮއިންޓާއެކު 1 ވަނަ  ހޯދީވެސް ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 34 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އެއް ވަނަ ހޯދިއިރު 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 31 ޕޮއިންޓާއެކު 1 ވަނަ ޝަރަފުއްދީން ސްކޫލް ވަނީ ހޯދާފައެވެ.

11 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހދ. އަތޮޅު މަދަރުސާ ހޯދިއިރު 13 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހޯދާފައިވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ޖަލާލުއްދީން ސްކޫލް ހޯދިއިރު 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ވަނަ ހިރިޔާ ސްކޫލް ހޯދާފައިވަނީ 15 ޕޮއިންޓާއެކު އެވެ.

މިހާރު ކުޅުދުއްފުށީގައި ކުރިއަށްދާ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 300 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355