twitterviber whatsapp telegramfacebookyoutube instagram
21st May 2024

އެއްލަކިން ނަޝީދު ހޮވާދެއްވާ, އެއްލަކިން ބޮޑުތިލަދުންމަތި ތަރައްގީ ކޮށްދޭނަން: އަލީ ވަހީދު

Jun 14, 2013

ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި މިއަހަރު “އެއްލަކިން” (އެއްބުރުން) ނަޝީދު ހޮވާދެއްވައިފި ނަމަ “އެއްލަކިން” ބޮޑުތިލަދުންމަތި ތަރައްގީ ކޮށްދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ  މެނިފެސްޓޯ އޮޑި ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ދަތުރުގައި ހދ އަށް ޒިޔާރަތް ކުރަމުން ދާއިރު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ  2013 ވަނަ އިންތިހާބުގައި ރައީސް ނަޝީދު ރައީސް ކަމަށް ހޮވާދެއްވާފި ނަމަ އެ ޕާޓީގެ ސަރުކާރެއްގައި ބޮޑުތިލަދުންމަތި ތަރައްގީ ކޮށްދެއްވޭނެ ކަމަށެވެ.

“އަޅުގަނޑު މިދަންނަވަނީ ނަޝީދު އެއްލަކިން މިފަހަރުގެ އިންތިހާބު ގައި ހޮއްވަވާދެއްވާށޭ. އަޅުގަނޑުމެން އެއްލަކިން މި ބޮޑުތިލަދުންމަތި ތަރައްގީ ކޮށްދޭނަމޭ.” އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ ނަންބޯޑު ސިޓީ އެއްގެ ދަރަޖައަށް މި ޖީލުގައި ބަދަލު ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަންބޯޑު ބަދަލު ވެގެން ދާއިރު މި ކުޅުދުއްފުށިން ސިޓީ އަކުން ލިބެންޖެހޭ ހުރިހާ ހިދުމަތެއް ލިބޭނެކަމަށެވެ. އަދި ރިޔާސީ އިމްތިހާބުގައި އެންމެ ފުރަތަމަ ޗާޕުވެގެން ނުކުންނަ ކަރުދާސް ކޮޅުގައި ރައީސް ނަޝީދުގެ ނަން އިންނާނެ ކަމަށެވެ .

އެމްޑީޕީ ޗާންދަނީ ޖަގަހައިގައި ސަތޭކަ ފަންސާހެއްހައި މީހުން ބައިވެރިވި މިޖަލްސާ ގައި އެމްޑީޕީގެ މިނީ މެނިފެސްޓޯތައް އިތުރަށް ތަފްސީލު ކޮށްދިނުން އޮތެވެ. މިޖަލްސާގައި ހއ، ހދ، ށ އަތޮޅު ތަކަށް ނިސްބަތް ވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވި އެވެ.

ފޮޓޯ ގެލަރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355