twitterviber whatsapp telegramfacebookyoutube instagram
17th May 2024

އަފީފުއްދީން އެއް ދަންފަޅިއަށް ބަދަލުކޮށް، އޭއީސީގައި މުޅިން އަލަށް “ތަރުބިއްޔަތު” މާއްދާ ކިޔަވައިދޭން ފަށައިފި

Jun 16, 2013

މިއަދަކީ ފުރަތަމަ ސެމިސްޓަރގެ ބަންދަށްފަހު ދެވަނަ ސެމިސްޓަރ ކިޔެވުން ފެށުނު ދުވަހެވެ. ދެވަނަ ސެމިސްޓަރގެ ޗުއްޓީ އަށް ފަހު ސްކޫލަށް ތަކުގެ ކިޔެވުން މިއަދު ފެށުނު އިރު ކުޅުދުއްފުށީގެ ބައެއް ސްކޫލުތަކުގައި ކިޔަވައި ދިނުމުގެ ސިސްޓަމަށް ވަނީ ބަދަލު ތަކެއް ގެނެސްފައެވެ.

އެގޮތުން މި އަހަރުގެ ދެވަނަ ސެމިސްޓަރ ކިޔެވުން ފެށުނު އިރު އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށެވެ. މީގެ ކުރިން 2 ދަންފަޅިއަކަށް ކިޔަވައިދެމުން ދިޔަ އެ ސްކޫލުގައި މި ސެމިސްޓަރގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ އެއް ދަންފަޅި އަށެވެ. އަދި މިސްކޫލުގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ފެށުނީ ހެނދުނު 6:45 ގައެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރުގެ ދެވަނަ ސެމިސްޓަރ ފެށުނު އިރު ގެނެވުނު އެންމެ ބޮޑު އަދި ފާހަގަ ކޮށްލެވޭ ބަދަލަކީ ދަރިވަރުންނަން ރިވެތި އަޙުލާގާއި ރިވެތި ސުލޫކު ދަސްކޮށްދޭ ގަޑިއެއް ތައާރަފު ކުރުމެވެ. ތަރުބިއްޔަތުގެ ނަމުގައި ކިޔަވައި ދޭ މިގަޑި އޮންނާނީ ހަފުތާއަކު 1 ދުވަހުކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. މައުލޫމާތު ލިބިފައި ވާ ގޮތުގައި ދަރިވަރުންގެ އަހުލާގު ރަގަޅު ކުރުމަށް ސްކޫލަކުން މިއީ މިކަހަލަ ގަޑި އެއް ތާއާރަފް ކުރި ފުރަތަމަ ފަހަރެވެ.

ކުޅުދުއްފުށީ ގައި ހުރި އަނެއް 3 ސްކޫލުން މިސެމިސްޓަރ ގައި ހުޅުވުނު އިރު މާ ބޮޑެތި ބަދަލު ތަކެއް ގެނެސްފައެއް ނުވެއެވެ. އަފީފުއްދީން ސްކޫލުން މިއަހަރުގެ ދިރާސީ އާ އަހަރު ފެށުނުއިރު އެއް ދަންފަޅިއަށް ބަދަލުކުރަން މަސައްކަތްކުރި ނަމަވެސް، ދިމާވި އެކި ސަބަބުތަކާހުރެ ސްކޫލް ފެށުނުއިރު އެގޮތަށް ބަދަލެއް ނުކުރެވުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355