twitterviber whatsapp telegramfacebookyoutube instagram
12th February 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި އެންއައިސީޔޫ ހުޅުވައިފި

Jun 16, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ނިއޯނެޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) ހުޅުވައިފި އެވެ.

ތުއްތު ކުދިންނަށް ހާއްސަކޮށްގެން އިމާރާތް ކުރެވިފައިވާ މި އައިސީޔޫ ހުޅުވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަރީފާއި، ކަރިޓަސް އިޓަލިއާނާގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މރ.ބެއްޕެ ޕެޑްރޮންއެވެ.

އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހުޅުވުނު އެންއައިސީޔޫއަކީ އިޓަލީގެ ކެރިޓަސް އިޓާލިއާނާ ޕްރޮޖެކްޓްގެ ދަށުން އެހީ ލިބިގެން ގާއިމު ކުރެވުނު އައިސީޔޫއެކެވެ. މި އައިސީޔޫގައި ވެންޓިލޭޓަރާއި ފޮޓޯތެރެޕީގެ ހިދުމަތްފަދަ ހިދުމަތްތައް ލިބެން ހުންނާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. އަދި  އެތަނުގައި އެއްފަހަރާ 10 ކުދިންނަށް ފަރާވާ ދެވޭނެކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެންއައިސީޔޫ ހުޅުވުމުގެ ރަސްމިއްޔާތުގައި، ހޮސްޕިޓަލްގެ ބައެއް މުވައްޒަފުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިން ވަނީ ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355