twitterviber whatsapp telegramfacebookyoutube instagram
26th October 2025

ބާރަ އަހަރަށްފަހު ނޮޅިވަރަމް ސްކޫލުގައި ކާބޯތަކެތީ މައުރަޒެއް ބާއްވައިފި

Jun 16, 2013

ބާރަ އަހަރަށްފަހު ނޮޅިވަރަމް ސްކޫލުގެ ޕީޓީއޭއަށް ފައިސާ ހޯދުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި އެވެ.

ނޮޅިވަރަމް ސްކޫލުގެ ޕީޓީއަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި މި ކާބޯތަކެތީގެ މައުރަޒުގައި ތަކެތި ވިއްކައިގެން 43125 ރުފިޔާ ވަނީ ހޯދާފައެވެ.

10 ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މައުރަޒުން ލިބުނު ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ހަރަކާތްތަކަށް ބޭނުންވާ ސާމާނު ހޯދުމަށާއި ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުމަށް ކަމަށް އެސްކޫލުން ހާމަކުރެއެވެ. އަދި މީގެ އިތުރުން ސްކޫލު ޑިޖިޓަލައިޒް ކުރުމަށް ހިންގާ ޕްރޮގްރާމު ތަކަށްވެސް މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން މިއަހަރު ޖަމްބަލް ސޭލަކާއި މަސައްކަތު ދުވަހެއް ފާހަގަ ކުރުމަށް ރޭވިފައިވާކަމަށް ސްކޫލުން ހާމަކުރެއެވެ. އިއްޔެ ބޭއްވުނު މައުރަޒުން ވަނަވަނައަށް ދިޔަ ގްރޫޕު ތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައި އެވެ.

ނޮލިވަރަމް ސްކޫލުގައި 500 އެއްހާ ދަރިވަރުން ދަނީ ތައުލީމު ހާސިލް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355