twitterviber whatsapp telegramfacebookyoutube instagram
9th May 2025

އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުން ބައްޕަގެ ބޯ ބުރިކޮށްލައިފި

Jun 17, 2013

ޕަޕުއާ ނިއުގިނީގެ އާއިލާއެއްގެ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމުން ބައްޕަގެ ބޯ ބުރިކޮށްލައި މަރާލައިފި އެވެ.

އިންޑޮނޭޝިއާ ކައިރީގައި އޮންނަ ޕަޕުއާ ނިއުގިނީގެ ވެރިރަށުގައި ނެރޭ ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެ އާއިލާގެ އެހެން ކުދިންނާއި މަންމަ ތިމާގެ ބަޔަކާ ބައްދަލުކުރުމަށް ރަށުން ބޭރަށް ދިޔަތަނާ، 18 އަހަރުގެ އަންހެން ދަރިފުޅުގެ ކޮޓަރިއަށް ރޭގަނޑު ވަދެ އޭނާގެ ބައްޕަ ވަނީ އޭނާ ރޭޕްކޮށްފަ އެވެ. އަންހެން ކުއްޖާ އޭނާގެ ބައްޕައަށް ހަމަލާ ދީފައިވަނީ އަނެއް ދުވަހުގެ ހެނދުނު ވެސް އެއަމަލު ހިންގުމަށް ކޮޓަރިއަށް ވަތް ވަގުތު ވަޅިން ދިން ކުއްލި ހަމަލާއެއްގަ އެވެ.

މި އަންހެން ކުއްޖާ ބައްޕަ މަރާލުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފުލުހުން އައުމުން އެސަރަހައްދުގެ މީހުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. އަދި އޭނާ މީހަކު މަރާލާފައި އެވަނީ އޭނާގެ ދިފާއުގައި ކަމަށް ބުނެ އޭނާ ދޫކުރުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

މީހުން މެރުމާއި، ރޭޕް ކުރުން އަދި މިފަދަ ބޮޑެތި ކުށްތަކަކީ ޕަޕުއާ ނިއުގިނީގައި އާއްމު ވެފައިވާ ކުށްތަކެކެވެ. އަދި 13 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ހަށިވިއްކުމުމާއި އަންހެން ކުދިން ގަނެ ވިއްކުމުގެ މައްސަލައަކީ އެގައުމުގައި ބޮޑުވެފައިވާ މައްސަލަ އެކެވެ. — ޑެއިލީ މެއިލް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355