twitterviber whatsapp telegramfacebookyoutube instagram
11th May 2025

ނޭކުރަންދޫގައި ޓީޗަރުން ހަމަނުވުމުގެ ސަބަބުން ބެލެނިވެރިން ނުކުމެ ސްކޫލު ބަންދުކޮށްފި

Jun 18, 2013

ހދ ނޭކުރަންދޫގައި ޓީޗަރުން ހަމަނުވުމުގެ ސަބަބުން ބެލެނިވެރިން ނުކުމެ ސްކޫލު ބަންދުކޮށްފި އެވެ.

ފުރަތަމަ ޓާމްގެ ބަންދަށްފަހު ގިނަ ޓީޗަރުން ސްކޫލަށް ނުނިކުންނާތީ އާއި އިއްޔެ ސެކަންޑްރީގެ 3 ގްރޭޑަށް އެންމެ މާއްދާއެއް ކިޔަވައިދީފައިވާތީ ބެލެނިވެރިން ވަނީ ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ސްކޫލު ގޭޓް ބަންދުކޮށް އިއްޔެގެ ދެވަނަ ދަންފަޅީގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ފުރަތަމަ ދަންފަޅީގައި އެ ސްކޫލުގައި ކިޔަވައިދީފައިވަނީ ހަމައެކަނި އިސްލާމް މާއްދާއެވެ. އަދި އެ ސްކޫގެ ބިދޭސީ ޓީޗަރުން އެމީހުންގެ ޤައުމަށްގޮސްވާއިރު ދިވެހި ޓީޗަރު ސްކޫލަށް ހާޒިރުނުވީ ބަލިވެގެންނެވެ.

200 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރާ މި ސްކޫލަށް މި ހަފްތާ ނިމޭއިރަށް ޓީޗަރުން ހަމަވާނެކަމަށް ސްކޫލުން ހާމަކުރެއެވެ.

ނޭކުރަންދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސިރާޖު ފޯނު ނިއްވާލާފައި އޮތުމުން މިކަމުގައި ސްކޫލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355