twitterviber whatsapp telegramfacebookyoutube instagram
27th September 2026

ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް ކައުންސިލަރުކަމުން އިސްތިއުފާދީފި

Jun 20, 2013

ހދ ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނާޒިމް މިއަދު ކައުންސިލުން އިސްތިއުފާ ދެއްވައިފި އެވެ.

ނޮޅިވަރަމް ކައުންސިލުގެ މެމްބަރަކު ވަނީ އަލީ ނާޒިމް ކައުންސިލުން އިސްތިއުފާ ދެއްވިކަން މިނޫހަށް ކަށަވަރު ކޮށްދީފައެވެ. އަދި އޭނާގެ އިސްތިއުފާގެ ސިޓީ މިއަދު ކައުންސިލަށް ލިބިފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ނާޒިމް ކައުންސިލުން ވަކިވެވަޑައިގެން މިހާރު ވަނީ ރިސޯޓެއްގެ ވަޒީފާއަށް ބަދަލުވެފައި އެވެ. ނާޒިމް ފޯނަން ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްގެ ގޮޑި ކާމިޔަބު ކުރެއްވި ނަމަވެސް ދާދި ފަހު އަލީ ނާޒިމް ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293