twitterviber whatsapp telegramfacebookyoutube instagram
13th February 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ “އިންގްލިޝް ވީކް” ފަށައިފި

Jun 24, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔަވާކުދިންގެ ގުޅުމުގެ އިނގިރޭސި ލިޓްރަރީ އެސޯސިއޭޝަނުން (އީއެލްއޭ) އިންތިޒާމު ކޮށްގެން ބާއްވާ “އިންގްލިޝް ވީކް”ގެ ހަރަކާތްތައް އެ ސްކޫލުގައި ފަށައިފި އެވެ.

އިންގްލިޝް ވީކު ގެ ކޯޑިނޭޓަރެއް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ފާހަގަ ކުރެވެމުންދާ އިންގްލިޝް ވީކަކީ ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ފާހަގަ ކުރެވޭ ހަފްތާއެއް ކަމަށެވެ. މިގޮތުން ކޮންމެ ދަރިވަރަކު ވެސް ކޮންމެވެސް ހަރަކާތެއްގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. ސްކޫލުން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ގްރޭޑެއްގައި ވެސް 3 ހަރަކާތެއް އޮވެއެވެ.

އިއްޔެ ފެށުނު އިންގްލިޝް ވީކުގެ ހަރަކާތްތަކުގެ ތެރޭގައި ޕޮޔަމް ކިޔުމާއި ޑްރާމާ ކުޅުމާއި ވާހަކަ ކިޔުމާއި ފޮޓޯ ޑިސްކްރައިބް ކުރުންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ބަސްހެދުމާއި ޕެރެގްރާފު ލިޔުމާއި އިޝްތިހާރު ހެދުމާއި ވާހަކަ ފޮތް ތައްޔާރު ކުރުންފަދަ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.

ހދ އޭއީސީގެ ގޯތި ތެރޭގައި ކުރިއަށްދާ މި ހަރަކާތްތައް މިހަފުތާގެ އާދިއްތަ އިން ފެށިގެން އަންނަ ޖުލައި މަހުގެ 3 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355