twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ސިއްހަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

Jun 23, 2013

ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ސިއްހަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިއްޔެ ބާއްވައިފި އެވެ.

ކުޅުދުއްފުށި ޕަބްލިކު ހެލްތު ޔުނިޓާއި ޖަލާލުއްދީން ސްކޫލު ގުޅިގެން ބޭއްވި އެއް ދުވަހުގެ މި ޕްރޮގްރާމުގައި  ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުންތަކާއި ފަސްޓް އެއިޑާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ގްރޭޑް އަށަކާއި ނުވަޔަކުން ހޮވާލެވުނު ދަރިވަރުންނަށް ބޭއްވުނު މި ޕްރޮގްރާމުގެ ހެނދުނުގެ ދަންފަޅީގައި މައުލޫމާތު ދީފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭގޮތުންނެވެ. އަދި މެންދުރުފަހުގެ ދަންފަޅީގައި ފަސްޓް އެއިޑާއި ބެހޭ މައުލޫމާތު ދީ ކުއްލި ހާލަތުގައި ކަންތައްކުރާނެ ގޮތްތައް ދަރިވަރުން ވަނީ ތަޖުރިބާކޮށްފަ އެވެ.

އިއްޔެ ޖަލާލުއްދީންސްކޫލުގެ އޭވީ ރޫމުގައި ބޭއްވުނު މި ޕްރޮގްރާމުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ޕްބަލިކް ހެލްތު ޔުނިޓުގެ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355