twitterviber whatsapp telegramfacebookyoutube instagram
11th May 2025

އަފީފުއްދީން ސްކޫލުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތް ފަށައިފި

Jun 24, 2013

އަފީފުއްދީން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ފެށި މި މުބާރާތުގައި އެސްކޫލުގެ 4 ހައުސް ކަމުގައިވާ ފަރީދީ ހައުސް އާއި ގާޒީ ހައުސް އަދި މަޖީދީ ހައުސް ގެ އިތުރުން އަމީނީ ހައުސް އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓް ބޯޅަ ކޯޓުގައި ކުރިއަށްދާ މިމުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި އަމީނީ ހައުސްގެ މައްޗަށް 1 އެންމެ ޕޮއިންޓެއްގެ ތަފާތުން ކުރި ހޯދައިގެން މޮޅުވީ މަޖީދީ ހައުސް އެވެ. 2 ވަނަ މެޗުގައި ބައްދަލު ކުރީ ގާޒީ ހައުސް އާއި ފަރީދީ ހައުސް އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި، ޖުމްލަ 7 މެޗު ކުޅެން ހަމަޖެހިފައި ވާއިރު ފައިނަލުގައި ބައްދަލު ކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

އަފީފުއްދީން ސްކޫލުގެ ގުރޭޑް ހަޔަކުން މަތީގެ ދަރިވަރުންނަން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ  މިހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އަދި އެސްކޫލުގެ އިންޓަރ ހައުސް ފުޓް ބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވަނަ ދުވަހު ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355