ކުޅުދުއްފުއްޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް މެގަވޯޓްގެ އިންޖީނު ހަލާކުވެ ރަށުގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑަން ޖެހިއްޖެ އެވެ.
އިންޖީނުގޭގެ އޮފިޝަލެއް ވިދާޅުވީ ކުޅުދުއްފުށިން ކަރަންޓް ކަނޑަން މިރޭ ޖެހުނީ މުޅި ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އެއް މެގަވޯޓްގެ އިންޖީނުގައި މައްސަލަ އެއް ޖެހުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިވަގުތު ކަރަންޓް ދެމުން ގެންދާ 2 އިންޖީނުން މުޅި ރަށަށް ކަރަންޓު ނުދެވޭނެ ކަމަށާއި އެހެން ވުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑަން ޖެހޭނެކަމަށެވެ. އެހެން ނަމަވެސް މިރޭ ހަލާކުވި އިންޖީނު މަރާމާތު ކުރެވި މުޅި ރަށަށް ކަރަންޓް ފޯރު ކޮށްދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭ ކަރަންޓު ކެނޑުނީ 8:45 ހާއިރުއެވެ.ޗއަދި 20 މިނެޓް ފަހުން އަލުން ބައެއް ހިސާބުތަކަށް ކަރަންޓު ލިބުނު ނަމަވެސް މިރޭ ބާރަ ޖެހިއިރު ވެސް ބައެއް ސަރަހައްދު ގައި ކަރަންޓެއް ނެތެވެ.
ކުޅުދުއްފުށީގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުން އަންނަނީ 3 އިންޖީނެކެވެ. އެއީ 600 ކިލޯ ވޯޓުގެ އިންޖީނަކާއި 800 ކިލޯ ވޯޓުގެ އިންޖީނެއްގެ އިތުރުން 1 މެގަވޯޓުގެ އިންޖީނެކެވެ. ކުޅުދުއްފުއްޓަށް ގާތްގަނޑަކަށް 1.8 މެގަވޯޓުގެ ކަރަންޓު ބޭނުންވެ އެވެ.