twitterviber whatsapp telegramfacebookyoutube instagram
26th October 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން އައްސިކުރާ އިންޖެކްޝަން ހުސްވެގެން ހއ އަތޮޅުން ގެނެސްފި

Jun 25, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، އައްސިކުރާ އިންޖެކްޝަން ހުސްވެގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެ އިންޖެކްޝަން ގެނެސްފި އެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި އައްސިކުރާ އިންޖެކްޝަން ނެތިގެން ހއ އަތޮޅުން ގެނެސްފައިވަނީ  އައްސިކުރަން ބޭނުންކުރާ ސެންސޯކައިން ހެވީ 200 އެމް އެލްގެ 2 ފުޅި އެވެ. އަދި މިއަދު ހެނދުނު ވިހަންވެގެން ހޮސްޕިޓަލަށް ދިޔަ މީހަކު އިންޖެކްޝަން ނެތުމުން އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ އައްސިކުރާ އިންޖެކްޝަންގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ކަހަލަ ކޮންޓްރޯލް ޑްރަގުވެސް ހުސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަން ހެލްތު މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް އައިސްފާ ނުވާކަމަށް މައުލޫމާތު ލިބެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355