twitterviber whatsapp telegramfacebookyoutube instagram
11th August 2026

ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Jun 25, 2013

ޖަލާލުއްދީން ސްކޫލުގެ ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ޖަލާލުއްދީން ސްކޫލުގައި އޮތް ހާއްސަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ. މި އެސެމްބްލީގައި ދަރިވަރުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކައިގައި ޕްރިފެކްޓުންނަކީ އެހެން ކުދިންގެ ލީޑަރުންކަން ފާހަގަކުރައްވާ ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް ގޮވާލެއްވި އެވެ.

މިއަދު އަލަށް ޕްރިފެކްޓު ކަމުގެ ހުވާކުރި ދަރިވަރުންނަށް ހުވާލައިދެއްވީ ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.

މިއަދު ޕްރިފެކްޓު ހުވާ ކޮށްފައިވަނީ ގްރޭޑް އަށެއްގެ 20 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355