twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުމުންދޫގައި ބިދޭސީ ޓީޗަރަކަށް ހަމަލާދިން މައްސަލައިގައި 7 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

Jun 26, 2013

ހދ ކުމުންދޫގައި މިއަހަރުގެ މެއި މަހުގެ ތެރޭގައި އެރަށު ސްކޫލުގެ ބިދޭސީ ޓީޗަރަކަށް ހަމަލާ ދިން މައްސަލައިގައި 7 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ކުމުންދޫ، ސަންފާމަންޒިލް، ޙަސަން ރަޝީދު (35އ) އާއި ކުމުންދޫ، ނަލަހަނދުވަރު، ޢަބްދުﷲ ޙަސަން (41އ) އާއި ހަމަ އެރަށު މޫނިމާގެ، ހުސައިން ނަޞީރު (36އ) ގެ އިތުރުން ރަތްބަގީޗާގެ، ހުސާމް އިބްރާހީމް (22އ) އާއި ރަތްބަގީޗާގެ، ޖުނައިދު އިބްރާހީމް (18އ) އާއި ކުމުންދޫ، ނޫރުލްއާބާދު، ހާޖަރާ ޢަލީ (35އ) އަދި ދަފްތަރު ނަމްބަރ:9396، ހަސަން ރިޔާޟް (27އ)ގެ މައްޗަށެވެ. މިމީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އެ ހަތް މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ކުމުންދޫ ސްކޫލުތެރެއަށް ވަދެ އެ ސްކޫލުގެ ކްލާސްރޫމެއްގެ ތެރޭގައި ކިޔަވައިދެމުންދިޔަ ބިދޭސީ ޓީޗަރެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި މައްސަލައިގައި އެވެ. ބިދޭސީ ޓީޗަރަށް ހަމަލާ ދީފައިވަނީ އެ ކްލާހުގެ ދަރިވަރަކަށް ބިދޭސީ ޓީޗަރު ހަމަލާ ދިން ކަމަށްބުނެ ސްކޫލު ދޮށަށް އެއްވި މީހުންގެ ތެރެއިން ބަޔަކު އެވެ.

އެ ހާދިސާގައި ޓީޗަރަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355