twitterviber whatsapp telegramfacebookyoutube instagram
11th May 2025

ޗައިނާގެ ހޮސްޕިޓަލް ޝިޕްގެ ޑޮކްޓަރުން ކުޅުދުއްފުއްޓަށް

Jun 27, 2013

މި މަހުގެ ފަހުކޮޅު ރާއްޖެ އަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ޗައިނާގެ ހޮސްޕިޓަލްޝިޕް “ޕީސް އާކު”ގެ ޑޮކްޓަރުންގެ ޓީމެއް ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗައިނާގެ މި ބޯޓުގެ ޑޮކްޓަރުން ކުޅުދުއްފުށީގައި ބަލި މީހުން ބަލަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ މި ޓީމުގެ ބޭފުޅުން ކުޅުދުއްފުށީގައި މަޑުކުރައްވާނީ 5 ގަޑިއިރު ކަމަށާއި އެޕޮއިންޓުމެންޓު ހައްދާ ފަރާތްތަކަށް އެވަގުތުގައި ފަރުވާދެއްވާނެ ކަމަށެވެ.

ޗައިނާގެ ހޮސްޕިޓަލް ޝިޕްގެ ޑޮކްޓަރުންގެ ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސާޖަންޓެއް ބައިވެރިވާނެ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

ސުޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމުތައް ކުޅުދުއްފުށީގެ އިތުރުން ކ. ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ޏ. ފުވައްމުލަކު، ބ. އޭދަފުށި، ގއ. ވިލިގިލި އަދި އައްޑޫ ސިޓީ އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓަމަންޓް ހޯދުމަށް 6528864 އާއި ގުޅައިގެން މިހާރުން ފެށިގެން މަސައްކަތް ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ

ޗައިނާގެ “ޕީސް އާކު” ރާއްޖެ އަށް މިކުރާ ދަތުރަކީ އެބޯޓުން ހިންގަމުންދާ “މިޝަން ހާމަނީ 2013″ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ދަތުރެކެވެ. މި ބޯޓުގެ ދަތުރުތައް މިމަހުގެ 29 އިން އަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355