twitterviber whatsapp telegramfacebookyoutube instagram
13th February 2026

އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ކުޅުދުއްފުށީގައި މެޑިކޭމްޕެއް ބާއްވަނީ

Jun 27, 2013

އޭޑީކޭ ހޮސްޕިޓަލުގެ ފަރާތުން ކުޅުދުއްފުށިގައި ބާއްވާ މެޑިކޭމްޕް މާދަމާ އޮންނާނެ އެވެ.

އޭޑީކޭ ނޯދަން ޑިސްޓްރިބިއުޝަން ހުޅުވުމުގެ މުނާސަބަތުގައި ކުރިއަށްދާ މި މެޑިކޭމްޕުގައި ހަމުގެ ޑޮކްޓަރަކާއި، އެތެރެހަށީގެ ޑޮކްޓަރެއްގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރަކާއި ނާރުގެ ޑޮކްޓަރެއް ބަލިމީހުން ބައްލަވާނެ އެވެ.

މީގެ އިތުރުން މި ކޭމްޕުގައި ސަރުބީ ހުރިވަރު ބެލުމާއި، ލޭގެ ޕްރެޝަރާއި ބޮޑީ މާސް އިންޑެކްސް ހުރި މިންވަރު ބެލުމާއި ޑައިޓީޝަންގެ ލަފާދިނުންފަދަ ހިދުމަތްތައް ކުރިއަށްދާނެ އެވެ. އަދި އަފީފުއްދީން ސްކޫލުގައި ގްރޭޑް އެކެއްގެ ދަރިވަރިންގެ ސިއްހީ ހާލަތު ދެނެގަތުމަށް ސްކްރީން ކުރުންވެސް ކުރިއަށްދާނެ އެވެ.

އެހެން ގިނަ މެޑިކަލް ކޭމްޕުތަކާއި ހިލާފަށް މި ކޭމްޕުގައި އެޕޮއިންޓުމެންޓް ހައްދާކަށް ނުޖެހޭނެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355