twitterviber whatsapp telegramfacebookyoutube instagram
9th April 2026

އަމީރު އަމީނު ސްކޫލުގެ “އާރޓް ގެލެރީ” ބާއްވައިފި

Jun 29, 2013

ކުޅުދުއްފުށީ އަމީރު އަމީނު ސްކޫލުގެ “އާރޓް ގެލެރީ” އިއްޔެ ހުޅުވައިފި އެވެ.

ދަރިވަރުންގެ ހިތްތަކުގައި ކުރެހުމަށް ލޯބި އިތުރު ކުރުމާއި އެކުދިންގެ އުފެއްދުންތެރި ހުނަރު ދައްކާލުމުގެ މަގުޞަދުގައި ކުރިއަށް ދިޔަ މި ގެލެރީ ހުޅުވައިދެއްވީ ގައުމީ ޔުނިވައިސިޓީގެ ލެކްޗަރާރ އިބުރާހިމް މުހައްމަދެވެ.

އެ ސްކޫލުގެ ޔޫކޭޖީ އަދި އެލްކޭޖީގެ ދަރިވަރުންނަން ހާއްސަ ކޮށްގެން ބޭއްވި މި އާރޓް ގެލެރީގައި އަތްތެރި މަސައްކަތާއެކު ތަފާތު 160 އެއްހާ ކުރެހުން ހުއްޓެވެ. މިގެލެރީގައި ތަކެތި ވިއްކައިގެން 300 އަށް ވުރެ ގިނަ ފައިސާ ހޯދާފައި ވާކަމަށާއި އެފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ސްކޫލުގެ އައުޓް ޑޯ އިކުއިޕްމެންޓް ހޯދުމަށް ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

އަމީރު އަމީނު ސްކޫލުގެ ސްޕަވައިޒަރ އައިޝަތު މަހައްމަދު ވިދާޅުވީ މިފަދަ ކޮންމެ ހަރަކާތެއްގައި ބެލެނިވެރިން ފަރާތުން ދެއްވާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

މިގެލެރީގައި އެސްކޫލުގެ 153 ދަރިވަރުންގެ ކުރެހުންތަކުގެ އިތުރުން އެސްކޫލު މުއައްޒަފުންގެ ކުރެހުންތައް ވެސް ހުރިއެވެ. މި ގެލެރީ ކުރިއަށް ދިޔައީ އިއްޔެގެ ހަވީރު 5 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355