twitterviber whatsapp telegramfacebookyoutube instagram
11th August 2026

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ސައިކަލް ބުރެއް ބާއްވައިފި

Jun 29, 2013

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ސައިކަލު ބުރެއް ބާއްވައިފި އެވެ.

ރޭ 9 ޖެހިއިރު ފެށި މި ސައިކަލް ބުރުގައި 60 އެއްހާ ސައިކަލާއި 1 ޕިކަޕު ބައިވެރިވި ކޮށްފައިވެ އެވެ. ބައިގަޑި އިރަށް ކުރިއަށް ދިޔަ މި ސައިކަލު ބުރުގައި އަތޮޅު ކައުންސިލުގެ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުންނާއި ރަށުކައުންސިލުގެ ބައެއް މެމްބަރުން ބައިވެރިވި އެވެ.

އެމްޑީޕީގެ ލަވަތައް ޖަހަމުން ކުރިއަށް ދިޔަ މިސައިކަލު ބުރުގައި ކުޅުދުއްފުށީގައި އެމްޑީޕީގެ ހަރަކާތްތަކުން ނުފެންނަ މޫނުތައް ވެސް ފެނިފައި ވެއެވެ.

މިސައިކަލް ބުރު ކުރިއަށް ދިޔަ އިރު ހަމަނުޖެހުމެއް ހިނގާފައި ނުވިނަމަވެސް ވަކި ހިސާބަކުން ސައިކަލު ބުރުތެރެއަށް މީހަކު ގައު ބުރިއެއް އެއްލާފައިވެއެވެ. އެހިސާބުން އެމްޑީޕީގެ މެމްބަރުން އެތަނުގައި ހަޅޭ ލަވާ ހަޑިހުތުރު ބަހުން ހަޅޭލަވާފައިވެއެވެ. ގިނަ ޒުވާނުން ތަކެއް ބައިވެރިވި މި ސައިކަލް ބުރުގައި ޕޮލިސްޓޭޝަނާއި އަދާލަތު ޕާޓީގެ ޖަގަހައާ އަރާ ހަމަވުމުން “ބާޣީ” ގޮވާ ސައިކަލް ތަކުން ބަރުގޮނު އަޅާ ހެދިއެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެޕާޓީން ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355