twitterviber whatsapp telegramfacebookyoutube instagram
1st September 2025

ކުރިނބީ ސްކޫލުގެ ގުރޭޑް ދިހައެއްގެ ދަރިވަރުން ސްޓަޑީ ކޭމްޕެއްގައި އަފީފުއްދީން ސްކޫލަށް ޒިޔާރަތް ކޮށްފި

Jun 29, 2013

ހދ. ކުރިނބީ ސްކޫލުގެ ގުރޭޑް ދިހައެއްގެ ދަރިވަރުންގެ ސްޓަޑީ ކޭމްޕެއްގައި މިއަދު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ޒިޔާރަތް ކޮށްފި އެވެ.

މި ސްޓަޑީ ކޭމްޕުގައި އެސްކޫލުގެ ގުރޭޑް 10 ގައި ތައުލީމު ހާޞިލު ކުރަމުންދާ ހުރިހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ސްޓަޑީ ކޭމްޕުގެ މަގުޞަދަކީ ދަރިވަރުންނަން އިތުރު މައުލޫމާތު ހޯދައިދިނުމާއި ތައުލީމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދައި ދިނުން ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.

ހދ ކުރިނބީ ސްކޫލުގެ ދަރިވަރުން އަފީފުއްދީނުގައި ހޭދަކުރި ވަގުތުގައި އެކޮނޮމިކްސް އާއި ބައޮލޮޖީގެ ގަޑިއެއް ނަގާފައި ވެއެވެ. މިގަޑިތައް ނަގައި ދިނީ އަފީފުއްދީން ސްކޫލުގެ ޓީޗަރުންނެވެ.

ކުރިނބީ ސްކޫލުގައި ގުރޭޑް 10 ގައި ކިޔަވައިދެއްވަނީ ދެ ސްޓްރީމް އެއްކޮށްލައިގެންނެވެ. ކުރިނބީ ސްކޫލުގައި މިއަހަރު ގުރޭޑް 10 ގައި ތައުލީމު ހާޞިލް ކުރަނީ 7 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355