twitterviber whatsapp telegramfacebookyoutube instagram
13th February 2026

އަފީފުއްދީން ސްކޫލުގެ ގާރލް ގައިޑާއި ލިޓިލް މެއިޑް ގެ ދަރިވަރުންގެ އައުޓިންނެއް ބާއްވައިފި

Jun 29, 2013

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ގާރލް ގައިޑާއި ލިޓިލް މެއިޑުގެ ދަރިވަރުންގެ އައުޓިންއެއް ބާއްވައިފި އެވެ.

އަފީފުއްދީން ސްކޫލުގެ ގުރޭޑް ހައެއް، ހަތެއް، ނުވައެއް އަދި ދިހައެއްގެ ގެ 33 ގާރލް ގައިޑުން ބައިވެރިވާ މިއައުންޓިންގައި ލިޓިލް މެއިޑްގެ 65 ދަރިވަރުން ބައިވެރި ވެފައި ވެއެވެ.

މި އައުޓިންގައި ގާލްގައިޑުގެ ދަރިވަރުން ވަނީ އަމިއްލައަށް ބައެއް ތަކެތި ކައްކާ، ގޭތެރޭ ތަފާތު މަސައްކަތް ކޮށްފައެވެ. އަދި ދަރިވަރުން އިސްނަގައިގެން އެހެނިހެން މަސައްކަތް ކޮށްފައި ވެއެވެ.

މި އައުޓިންގައި ލިޓިލް މެއިޑުގެ ދަރިވަރުން ކަރުދާހުން ތަފާތު ތަކެތި ހެދުމުމުގެ އިތުރުން އާއިލާގެ މުހިއްމުކަމާ ބެހޭ ގޮތުން މައުލޫމާތު ދީފައި ވެއެވެ.

އަފީފުއްދީން ސްކޫލުން މައުލޫމާތު ދޭގޮތުގައި މި އައުޓިންއަކީ އާއިލާތަކާ ވަކިން އަމިއްލައަށް ދިރިއުޅުމުގެ މަސައްކަތް ދަސްކުރުމާއި އެހެން މީހުންގެ ތެރޭގައި ރިވެތި އަހްލާގުގައި އުޅެން ދަސްކޮށްދިނުމުގެ މަގުޞަދުގައި ބާއްވާ އައުޓިންއެކެވެ.

މިއައުޓިން ތަކުގައި އެދަރިވަރުން ސްކޫލުގައި 32 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355