twitterviber whatsapp telegramfacebookyoutube instagram
9th July 2025

ވިލާ ކޮލެޖުގެ ދަރިވަރުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

Jun 30, 2013

ވިލާ ކޮލެޖުގެ ދަރިވަރުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.

ވިލާ ކޮލެޖުގެ އީ ކުލަބުގެ ފަރާތުން އިންތިޒާމުކުރި ލޭ ހަދިޔާކުރުމުގެ މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައެވެ.

ލޭހަދިޔާކުރި ދަރިވަރަކު މިނޫހަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ލޭ ހަދިޔާ ކުރުމަށް 59 ކުދިން ރަޖިސްޓްރީ ކުރި ކަމަށާއި އެހެން ނަމަވެސް ލޭހަދިޔާކުރެވުނީ 33 ކުދިންނަށް ކަމަށެވެ. އަނެއް 26 ދަރިވަރުންނަށް ލޭ ހަދިޔާ ނުކުރެވުނީ ބްލަޑް ކައުންޓް ދަށްވެފައިވާތީކަންވެސް އެދަރިވަރު ބުންޏެވެ. އިއްޔެގެ މި ހަރަކާތުން 14.85 ލީޓަރުގެ ލޭ މޯލްޑިވްސް ބްލަޑު ސާވިސްއަށް ވަނީ ހަދިޔާ ކޮށްފައެވެ.

އިއްޔެ ކުރިއަށްދިޔަ މި ކޭމްޕުގައި ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަލީ ރަޝީދާއި، ލެކްޗަރާ ރީޝާ އަބްދުލް މުހައިމިންގެ އިތުރުން ސްޓޫޑަންޓް އެސޯސިއޭޝަންގެ ރައީސް ލޫޝާން ސައީދުވެސް ވަނީ ލޭ ހަދިޔާ ކުރައްވާފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355